މާތްވެގެންވާ މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ގެފުޅަށް ކުރިމަތިލައި ސަޖިދަ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
ވީޑިއޯއިން ފެނިގެންދަނީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ގެފުޅާ ދިމާއަށް ބޯ ތިރިކުރާ މަންޒަރު ނުވަތަ ސަޖިދަ ޖަހާ މަންޒަރެވެ. މި ގޮތަށް ދެތިން ފަހަރަކު ސަޖިދަޖަހާ މަންޒަރު ފެނިގެންދެއެވެ.
މާތްވެގެންވާ މައްކާގައި ގިނަ ޢަދަދެއްގެ ކޮތަރު މިނިވަންކަމާއެކު އުދުހިއުޅޭއިރު، ކޮތަރު ހިފުމާއި މެރުން އޮންނަނީ މަނާކޮށްފައެވެ.
މާތް ރައްބު އަންގަވާފައިވާ ގޮތުގައި އެ އިލާހު ހެއްދެވި ކޮންމެ މަޙްލޫޤެއް ވެސް އެ އިލާހުގެ މަތިން ހަނދުމަކުރެެއެވެ.