ތުރުކީ ސިފައިން، އައިއެސްގެ ކުރީގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ ދައްތަ ހައްޔަރުކޮށްފިއެވެ.
ތުރުކީ ސަރުކާރުގެ އިސް އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުގައި، ހޯމަ ދުވަހުގެ ވަގުތެއްގައި ތުރުކީ ސިފައިން ބަޣުދާދީގެ ދައްތަ ރަސްމިޔާ އަވާދު ހައްޔަރުކޮށްފައިވަނީ އުތުރު ސީރީއާގެ އަވަށެއްކަމަށްވާ އަޒާޒުންނެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި ރަސްމިޔާގެ އިތުރުން، ރަސްމިޔާގެ ފިރިމީހާ އަދި ޅީދަރިފުޅު ވަނީ ހައްޔަރުކޮށްފައެވެ. އައިއެސްގެ އެތެރޭގެ ބައެއް މައުލޫމާތުތައް ރަސްމިޔާ މެދުވެރިކޮށް ލިބޭނެކަމަށް އުއްމީދު ކުރެވޭކަމަށް ތުރުކީ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ މަރާލާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.