އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ފަތުރާތީ އާއި، އިސްލާމް ދީނާއި ދެކޮޅަށް ކުރަމުންދާ ކަންކަމާއި ދެކޮޅަށް މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދުއާކޮށްފިއެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި އެ ޖަމްއިއްޔާ ސަސްޕެންޑްކޮށް، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ރާއްޖޭގައި ލާދީނީ ކަންކަން ފަތުރަން ކުރާ މަސައްކަތް ނާކާމިޔާބުމަށް އެދި ދުއާކުރީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގަ އެވެ. އެ ދުއާގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހުރި ކަމަށް ފުލުހުން ވެސް ވަނީ ނިންމައި، އެކަން ޔޫތު މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ. އެ ޖަމްއިއްޔާ އުވާލަން އަތޮޅު ތެރޭގައި މުޒާހަރާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި އެކަމުގައި ސަރުކާރުން ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކުރީގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ވަނީ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒު ސަރަހައްދުގައި ދުއާކޮށްފަ އެވެ.