ހޯމަ, މާރޗް 1, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކީރިތި ޤުރުއާނަކީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވުނު އިލާހީ ޤާނޫނު – ޚުޠުބާ

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 10, 2019
ދީން
0
ކީރިތި ޤުރުއާނަކީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވުނު އިލާހީ ޤާނޫނު – ޚުޠުބާ

ކީރިތި ޤުރުއާނަކީ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށް ބާވައިލެއްވުނު އިލާހީ ޤާނޫނުކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ADVERTISEMENT

”ކީރިތި ޤުރުއާނުގައި ވަނީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖެވެ. މުސްލިމުން އެ ފޮތް ކިޔަވައި އެ ފޮތާއި އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަން ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ޅަ ދަރިންނަށް އެ ޤުރުއާން އުނގަންނައިދޭން ޖެހެއެވެ. އެ ކުދިންގެ ހިތްތަކުގައި ޤުރުއާނުގެ ލޯބި އަށަގަންނުވައި، އެ ފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭން ޖެހެއެވެ. އަދި ކީރިތި ޤުރުއާނަށް އިޙްތިރާމު ކުރުމަށް ވެސް އެ ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ.“ މިއަދުގެ ޚުޠުބާގައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވަނީ ކީރިތި ޤުރުއާނަކީ ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރި ކަމުގެ ގޮތުންވެސް މުޢުޖިޒާތެއް ކަމުގައެވެ. އަދި ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި އުޅުނު އެންމެ ފަޞާޙާތްތެރިން ވެސް ވަނީ އެފަދަ ޤުރުއާނެއް ގެނައުމަށް ނުކުޅެދިފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ﷲ ތަޢާލާ الإسرا ސޫރަތުގެ 88 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. އެ އާޔަތުގެ މާނާގައި ވެއެވެ. ”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާއި އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާއި އެއްފަދަ އެއްޗެއް އެއުރެންނަށް ނުގެނެވޭނެތެވެ. އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސް މެއެވެ.“

”އަޅުގަނޑުމެން މުސްލިމުންގެ މުޅި ޢަމަލީ ހަޔާތް، ކީރިތި ޤުރުއާނާއި އެއްގޮތަށް ބައްޓަން ކުރަންޖެހެއެވެ. އެ ފޮތަކީ މުސްލިމުންގެ ހިތާއި ފުރާނައާއި ޟަމީރުގެ ކާނާއެވެ. އަދި އެ ފޮތް ކިޔަވައި ތިލާވަތުކުރާ މީހާ ހިތަށް ދިރުން ލިބި، ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލުވާނެއެވެ. އަދި މީގެ އިތުރުން ކީރިތި ޤުރުއާނަކީ އެންމެހާ ނުރައްކާތަކުން މުޢުމިނު އަޅާ ސަލާމަތް ކޮށްދޭނެ ގަދަފަދަ އައްޑަނައެއްކަމުގައި މިއަދު ޚުޠުބާގައިވެއެވެ.

މިއަދު އަޅުގަނޑުމެން ވަނީ އެ މަތިވެރި އިލާހީ ކަލާމްފުޅާއި ދުރަށް ގޮސްފައި ކަމަށާއި، އަދި އެ ފޮތުގައިވާ ޙުކުމްތަކާއި ޚިލާފުވެފައި ކަމަށާއި މިކަމުގެ ސަބަބުން އަޅުގަނޑުމެން ވަނީ އިސްލާމް ދީނާއި ދުރުވެގެން ގޮސްފައި ކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަ ކޮށްފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވެއެވެ. ”މިއަދު ބައެއް މުސްލިމުން އިސްލާމް ދީނާއި ބީރައްޓެހި ފިކުރުތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ އެބައި މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާން އަށަގެންނެވިފައި ނުވުމުގެ ނަތީޖާއެވެ. ޅަފަތުގައި ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވައި އެ ފޮތަށް އިޙްތިރާމު ކުރުމަށް ދަސްކޮށްދެވިފައި ނުވުމެވެ. ޤުރުއާނުގެ މިންވަރެއް ހިތުތެރޭގައި ނެތް މީހާ ހެޔޮމަގުން އެއްކިބާވެގެން ހިނގައިދާނެކަން ބަޔާންކުރައްވާ رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. ان الذي ايس في جوفه شيء من القرآن كالبيت الخرب (رواه الترمذي) މާނައީ: ”ހަމަކަށަވަރުން އެ މީހެއްގެ ހިތުގައި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ ވީރާނާވެ، ފަޅުވެފައިވާ ގެއެއްގެ މިސާލެވެ.“ އެހެންކަމުން އެފަދަ ތަނަކަށް އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ވިޔަ ދީގެން ނުވާނެއެވެ.“

ކީރިތި ޤުރުއާނަކީ ޙައްޤާއި ބާޠިލު ވަކިކުރަނިވި ފޮތެވެ. އެ ފޮތަށް އިޙްތިރާމު ކުޑަވާފަދަ އެއްވެސް ޢަމަލެއް އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެކަމަށާއި، އެގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ﷲ ގެ އިސްމުފުޅު ލިޔެފައިވާ ފޮތްތަކާއި ނޫސް މަޖައްލާފަދަ ތަކެތި ބިންމައްޗަށް އުކާލުމަކީ ހުއްދަވެގެން ވާނެ ކަމެއްނޫންކަމުގައި މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ބަލިކަށިވެފައިވާ އަޤީދާއާއި އީމާންކަން، ވަރުގަދަކޮށް ހަރުދަނާކުރެވޭނީ އެ ޤުރުއާން ކިޔަވައި އޭގައިވާ އާޔަތްތަކާއިމެދު ވިސްނައި އެއާއި އެއްގޮތަށް ޢަމަލުކޮށްގެންކަމުގައި މިއަދުގެ ޚުޠުބާގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

40 އަހަރުވަންދެން ސިހުރުހެދި މީހާގެ ވާހަކަ: ތައުބާވުމަށް މެދުވެރިވި ސަބަބު މިއޮތީ!

40 އަހަރުވަންދެން ސިހުރުހެދި މީހާގެ ވާހަކަ: ތައުބާވުމަށް މެދުވެރިވި ސަބަބު މިއޮތީ!

ފެބްރުއަރީ 28, 2021
ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑައިލުމަށް ޢިލްމުވެރިން ދެކޮޅު ހައްދަވައިފި

ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑައިލުމަށް ޢިލްމުވެރިން ދެކޮޅު ހައްދަވައިފި

ފެބްރުއަރީ 27, 2021
މިސްކިތްތައް ބަންދުކުރަން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ

މިސްކިތްތައް ބަންދުކުރަން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ

ފެބްރުއަރީ 27, 2021
40 އަހަރުވަންދެން ސިހުރުހެދި މީހާގެ ވާހަކަ: އެންމެ ގިނައިން އަންނަނީ އަންހެނުން، ސަބަބު މި އޮތީ!

40 އަހަރުވަންދެން ސިހުރުހެދި މީހާގެ ވާހަކަ: އެންމެ ގިނައިން އަންނަނީ އަންހެނުން، ސަބަބު މި އޮތީ!

ފެބްރުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In