އެކަކު އަނެކަކުގެ ހިތާމަތަކާއި އުފާތަކުގައި ބައިވެރިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުކުރު ހުތުބާގައި ބުނެފައިވަނީ މުޖުތަމައުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުން ހިމެނޭ ކަމަށެވެ. އަދި ސަލާމް ކުރުމާއި، މުޖުތަމައުގެ އަފްރާދުން، އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ބަލިމީހުންގާތަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށެވެ. އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި ވެސް އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނެފައިވަނީ އެހެން މީހުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރުމުގައި ފަސްޖެހި، ލަދު ގަނެގެން ނުވާނެ ކަމަށެވެ.
“މުޖުތަމައުގެ އަފްރާދުން، އެއް ބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރުމުގައި ފަސްޖެހި، ލަދު ގަނެގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ދީނީ ހައްގެއްގެ ގޮތުގައި ނަސޭހަތްދިނުން ކަނޑައަޅުއްވާފައިވެއެވެ..،” ހުތުބާގައި ބުނެފައިވެއެވެ.
”އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީން ކަމަށާއި، އެލޯތްބާއި ގުޅުންތައް ބަދަހި ކަންމަތީ ދެމެހެއްޓުމަށް ބަރުއަޅާދީން ކަމަށެވެ.
ޚުތުބާގައި ބުނީ އެލޯތްބާއި ގުޅުންތައް އޮންނަންވީ ހަމައެކަނި ދިރިއުޅުމުގެ ހަޔާތުގައި އެކަންޏެއް ނޫން ކަމަށާއި، ދިރިހުރިއިރު އޮތް ގުޅުންތާކައި ހައްގުތައް މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހޭ ކަމަށެވެ. އެހައްގުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި، ކަށުނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮދުއާކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މައްޔިތާއަށް އިސްތިގުފާރު ކުރުމާއި ރަހްމަތް ލެއްވުން އެދި ދުއާ ކުރުމާއި އޭނާގެ ގާތްތިމާގެ މީހުންނާއި އޮންނަ ގުޅުންތައް ދެމެހެއްޓުމާއި، ސަދަގާތް ދިނުމަކީ އެދެމެދުގައި އޮންނަ ގުޅުންތައް ދެމެހެއްޓުމާއި ސަދަގާތް ދިނުމަކީ އެދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ.