ކުރީގެ ދެލޯބިވެރިން ކަމުގައިވާ ރަންބީރު ކަޕޫރާއި ކެތްރީނާ ކެއިފް އެކުގައި ފެނިގެން ދާނެއެވެ. ނަމަވެސް މިފަހަރު މި ދެތަރިން ފެނިގެން ދާނީ ފިލްމަކުން ނޫނެވެ.
މިދެތަރިން ފެނިގެންދާނީ މޯބައިލް ފޯން އިސްތިހާރަކުންނެވެ. މި އިސްތިހާރުގައި މި ދެތަރިންގެ އިތުރުން މަޝްހޫރު ރެޕަރ ބާދްޝާ ވެސް ފެނިގެން ދާނެވެ.
ރަންބީރު ކަޕޫރު އެއްމެ އަވަހަ ފެނިގެން ދާނީ ބްރަހަމްމާސްތާ ފިލްމުންނެވެ. އަދި ކެތްރީނާ ކެއިފް ފެނިގެން ދާނީ އައްނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ސޫރިޔަވަންޝަން ފިލްމުންނެވެ.