ދަރުމެންދުރާގެ ކާފަ ދަރި ކަރަން ޑިއޯލްގެ ފުރަތަމަ ފިލްމް ޕަލް ޕަލް ދިލްކޭޕާސް 20 ސެޕްޓެމްބަރ ގައި ސިނަމާތަކަށް ނެރެން ހަމަޖެހިއްޖެއެވެ.
މިފިލްމުގެ ޓީސަރ ދެއްކުމާއެކު، ފިލްމުގެ ޓީސަރ އަށް ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ. އަދި މަޝްހޫރު ތަރިންވަނީ ފިލްމީ ދުނިޔެއަށް ކަރަން ޑިއޯލްއަށް މަރުހަބާ ކިޔާފައެވެ.
ފިލްމުގެ ޕްރޮމޯޝަންގައި ރެޔާއި ދުވާލު މިފިލްމުގެ ޑައިރެކްޓަރ އަދި ކަރަން ޑިއޯލްގެ ބައްޕަ ސަނީ ޑިއޯލް މަސައްކަތް ކުރާ ގޮތުންވެސް ވަރަށްގިނަ އާއްމުންގެ ފަރާތުންވަނީ ތަރުހީބު ލިބިފައެވެ. މީގެ ކުރިން ސަނީ މަޝްހޫރު ވެފައިވަނީ މީޑިއާއި ދުރު ސްޓަރ އެއްގެ ގޮތުގައެވެ.
ފިލްމް ޕަލް ޕަލް ދިލްކޭޕާސް ގައި ކަރަން ޑިއޯލްގެ އިތުރުން ލީޑިން އަނަހެން ފައްނާނަކީވެސް އަލަށްފިލްމި ދާއިރާއަށް ނިކުންނަ ސަހޭރު ބަންބާ އެވެ.
މިފިލްމް އެފައްދާފައި ވަނީ ސަނީ ޑިއޯލްގެ ފިލްމު ކުންފުނިއާއި ޒީ ސްޓޫ ޑިއޯ ގުޅިގެންނެވެ. ފިލްމް ޕްރެސެންޓް ކުރަނީ ދަރުމެންދުރާ އެވެ.