DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ނަމޫނާ މައެއް: ބަލި ދަރިންތަކާ އެކު ފަސްޖެހުމެއް ނެތް!

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 13, 2019
ރިޕޯޓް
0
ނަމޫނާ މައެއް: ބަލި ދަރިންތަކާ އެކު ފަސްޖެހުމެއް ނެތް!

ލޯބިވާ ފިރިމީހާ ގާސިމް އަބްދުﷲ ވަކިވުން ވެގެން ދިޔައީ ނަސީމާ އުސްމާނަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިހާނަކަށެވެ. އޭރު އޭނާގެ ބަލި ތިން ކުދިން ތިއްބެވެ. ގާސިމް މަރުވުން ވެގެން ދިޔައީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުން ކަހަލަ ކަމަކަށެވެ. އާއިލާގެ ހަރަދުތައް ބެލެހެއްޓުމާއި ދަރިން އުފުލައި، އެ ދަރިން ގެންގުޅުމުގެ ހުރިހާ ޒިންމާއެއް ދުނިޔެ އުމުރަށް ނަގަން ޖެހުނީ ނަސީމާ އަށް އެކަންޏެވެ. އެކަމަކު އޭނާގެ އަޒުމެއް ނުގުޑި އެވެ.

ADVERTISEMENT

ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން ވިޔަސް ނަސީމާގެ ދަރިންގެ ކަންކަން ހަމަޖެއްސުމަކީ އޭނާ އަށް ލިބޭ ހިތްހަމަޖެހުމެކެވެ. އަލަތު ކައިވެންޏަށް 10 ދަރިން ލިބިފައިވާއިރު އޭގެ ތެރެއިން އުފަން ރަށް، ށ. މަރޮށީގައި ދިރިއުޅެމުން އަންނަނީ ހިނގުމުން މަހުރޫމްވެފައިވާ ތިން ދަރިންނެވެ. ދެން ތިބި ދަރިން ވަޒީފާ އަދާކުރުމަށް އުޅެނީ ރަށުން ބޭރުގަ އެވެ. ނަމަވެސް ހަގަށް ދެ ވަނަ އަށް ހުރި ކުއްޖާ މާލޭގައި ކިޔަވަން އުޅުނަސް، ދޭތެރެއަކުން މަންމަ އަށް އެހީތެރިވާން ރަށަށް ދެ އެވެ.

ނަސީމާ، 53، ބުނާގޮތުން އޭނާ ވިހެއި ހުރިހާ ކުދިންގެ ވެސް ސިއްހަތު ރަނގަޅެވެ. ބަލިވެ، ހިނގުމުގެ އުފަލުން މަހުރޫމްވީ އުމުރުގެ ވަކި ހިސާބަކުންނެވެ. އެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ، ތިރީހުގެ އަހަރުތައް ގުނަމުން އަންނަ ރިލްވާން ގާސިމެވެ. އޭނާގެ ވެސް ހިނގުމުގައި ދަތިތަކެއް ހުންނަކަން އެނގުނީ ބޮޑުވާން ފެށިފަހުންނެވެ. ހިނގާއިރަށް ވަކި ހިސާބަކުން ވެއްޓެނީ އެވެ. އެހެން ދަމުން އެއްކޮށް ނުހިނގެން ފެށީ ގްރޭޑު 6-7 ގައި ކިޔަވަމުން ދަނިކޮށެވެ. އިންޑިއާ އަށް ގޮސްގެން ވެސް ފަރުވާ ކުރެވޭތޯ ބެލި އެވެ. އެކަމަކު އެ ނަސީބެއް ނުލިބުނެވެ.

”ޑޮކްޓަރުން ބުނަނީ ތެލެސީމިއާ ކަހަލަ ކަމެކޭ. އަސްލު ވާގޮތެއް ވެސް ނޭނގުނު. ބޭރަށް ވެސް ދެވެނު ވަރަށް ގިނައިން. އެކަމަކު ރަނގަޅެއް ނުވި،“ ނަސީމާ ކިޔައިދިނެވެ.

ވަރަށް އަގުބޮޑު އިންޖެކްޝަނެއް ޖަހައިގެން ހިނގިދާނެ ކަމަށް ޑޮކްޓަރުން ބުންޏަސް އެ އިންޖެކްޝަން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނެތް ކަމަށް ޑޮކްޓަރުން ބުންޏެވެ.

އެއަށްފަހު ޒަހާ ގާސިމް، 24، އަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ޑޮކްޓަރަށް ދައްކައިގެން ވެސް ވާނުވާއެއް ނޭނގުނެވެ. ގްރޭޑު އަށަކާ ހިސާބުން އޭނާގެ ހިނގުމުން މަހުރޫމްވެއްޖެ އެވެ.

އެ ދިރިއުޅުމަށް އިތުރު ހިތްދަތިކަމެއް ލިބުނީ އެންމެ ހަގު ދަރިފުޅު، އިރުޝާދު ގާސިމަށް ވެސް އެގޮތަށް ދިމާވުމުންނެވެ. ހިނގާއިރަށް އޭނާ ވެއްޓޭތީ ރަނގަޅު ކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. އިރުޝާދަށް ނުހިނގެން ފެށީ އޭނާގެ ބައްޕަ މަރުވި އަހަރެވެ.

”ދައްތަ ނޭދެން އެހެން މީހަކަށް މިކަހަލަ ބަޑިމަޑު ކަމަކަށް،“ ނަސީމާ ބުންޏެވެ.

ނުހިނގުނަސް ތައުލީމަކުން އެ ކުދިން މަހްރޫމެއް ނުކުރެ އެވެ. ނުހިނގެން ފެށުމުން ސްކޫލަށް އެންމެ ފުރަތަމަ ގެންދަން ފެށީ ބަރޯއަކަށް ލައިގެންނެވެ. މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ. އެކަހަލަ ކުދިންތަކަކަށް ކިޔަވައިދީގެން ލިބޭނެ ފައިދާއެއް ނެތް ކަމަށް ބައެއް މީހުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ނަސީމާ ދިނީ ބީރުކަންފަތެކެވެ. އޭނާ ބުނީ ދަރިން ކިޔެވުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.

ރިލްވާނާއި ޒަހާ މިހާރު ވަނީ އޯ ލެވެލް ވެސް ހަދައިފަ އެވެ. އެކަމަކު އެ ދެ މީހުންގެ ނަތީޖާއެއް އަދި ނުލިބެ އެވެ. އިރުޝާދު އަންނަނީ މި އަހަރު އޯ ލެވެލް ހަދަމުންނެވެ.

އިރުޝާދަށް މިިދިޔަ އަހަރު މީހަކު އޮޓޮމެޓިކް ވީލްޗެއާއެއް ހަދިޔާކުރުމާ ހަމައަށް ކްލާސްރޫމާ ހިސާބަށް އޭނާ ގެންދިޔައީ ބަރޯގަ އެވެ. އެ ހިސާބުން ކްލާހަށް ގެންދަނީ އުރާލައިގެންނެވެ. ނަމަވެސް ވީލްޗެއާ ލިބުމާއެކު އިރުޝާދަށް ކްލާހަށް ވަދެވޭނެގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިޖުތިމާއީ ޒިންމާގެ ދަށުން، އެ ބޭންކުން ވެސް ވަނީ މި ފަހުން އިރުޝާދަށް އޮޓޮމެޓިކް ގޮނޑިއެއް ހަދިޔާކޮށްފަ އެވެ.

އޭނާއަކީ ކިޔެވުމަށް މޮޅު ކުއްޖަކަށް ވުމުން އޭނައާ މެދު ކުރާ އުއްމީދުތައް ވަރަށް ބޮޑެވެ. ޓީޗަރުންނާއި ކްލާސް ކުދިންގެ ފަރާތުން ލިބޭ އެހީތެރިކަަން ވަރަށް ބޮޑެވެ. ކްލާސްތެރޭގައި ވެސް ކަމެއް ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލަނީ ކްލާސް ކުދިންނެވެ. ނަމަވެސް އިރުޝާދަށް މީގެ ކުރިން ބައެއް ކުދިން ކުރީ މަލާމާތެވެ.

އޭނާގެ މޭޒު މައްޗަށް ފޮތް ލައިދީ ގަލަން ދީފި ނަމަ ލިޔާނެ އެވެ. ޑޮކްޓަރު ވެސް އަންގާފައި އޮންނަނީ ގިނައިން ހަރަކާތްކުރުމަށެވެ. އެހެންވެ ވަރަށް ހިތްވަރުކޮށްގެން އިރުޝާދު މަސައްކަތްކުރެ އެވެ. އޯ ލެވެލް އިމްތިހާނުގައި ވެސް އޭނާއަށް އިތުރު ވަގުތު ލިބެ އެވެ.

”އިރުޝާދު ކުރިން ދެރަވެފައި ބުނާނެ މިވެނި ކުއްޖަކު މިހެން ބުންޏޭ. އޭނަ ކައިރި ބުނިން އެއީ އެ ކުދިންނަށް ނުވިސްނޭތީއޭ. ފަހުން ރަނގަޅުވާނެއޭ. އިރާދަކުރެއްވިއްޔާ މިހާރު ހުރިހާ ކުދިން ވެސް ވަރަށް ރަނގަޅު އިރުޝާދާ ދޭތެރޭ ކަންތައް ކުރާގޮތް،“ ނަސީމާ ބުންޏެވެ.

އޯ ލެވެލް ނިންމުމަށްފަހު އިރުޝާދަށް އޭ ލެވެލް ކިޔަވައިދޭން ވެސް މަންމަ ހުރީ ތައްޔާރަށެވެ.

އެ ތިން ކުދިންގެ ތެރެއިން އެންމެ ހާލު ދެރަކޮށް ހުންނަނީ ރިލްވާނެވެ. އޭނާގެ ކަނދުރާ ރަނގަޅަށް ހަރުނުލިއަސް ސިއްހީގޮތުން އިތުރު މައްސަލައެއް ނެތެވެ. އެ ހުރިހާ ކުދިންނަށް ރަނގަޅަށް ވާހަކަދެކެވުނަސް އުޅެން ޖެހިފައިވާ ބުރަކަމާ އެކު ނަސީމާ ވަރުބަލިވެއްޖެ އެވެ. އުނަގަނޑާއި މޭގައި ކިތައްމެ ގަދައަށް ރިއްސިއަސް އިތުރު ގޮތެއް ނެތެވެ.

އޭނާ ބަލިވެއްޖެ ނަމަ ރިލްވާނާއި ޒަހާ އަދި އިރުޝާދު ރޯނެ އެވެ. ފާހަނާއަކަށް ދާން ބޭނުންވިއަސް، މަންމައަށް އުނދަގޫވެދާނެ ކަމަށް ވިސްނައި ފާހަނާއަށް ގެންގޮސްދޭކަށް ނުބުނާނެ އެވެ. އެހެންވެ އޭނާގެ ގައިގައި ކިތައްމެ ވޭނެއް އެޅިއަސް ކުދިންނަށް އެ މަންޒަރެއް ނުދައްކަ އެވެ. އެ ހިތްދަތި ދިރިއުޅުމުން އަރައިގަންނަން ނަފްސާނީ ބައްޔަށް ބޭސް ވެސް ކެ އެވެ.

”ބަލި މާ ގޯސްވެއްޖެނަމަ ޑޮކްޓަރަށް ދައްކަން ދަނީ ދަރިން ނިދީމަ ރޭގަނޑު. ބައެއް ފަހަރު ބުނާނެ މަންމަ ބަލިވީމައޭ ފާހަނާއެއް ދާން ބޭނުންވެފައި ހުރި ވާހަކަ ނުބުނީ. ބަލިކަން އެނގިއްޖެއްޔާ ވަރަށް ރޯނެ. އެހެންވެ އެކަން ނުދައްކަން ވަރަށް އުޅެން. ވަރަށް ލޯބިވާނެ އެ ކުދިން،“ ނަސީމާ ބުންޏެވެ.

ކުރިން ރަށު މިސްކިތުގެ މުދިމަކަށް އުޅުނު ފިރިމީހާ ސަރުބީއާ ގުޅުންހުރި ބައްޔެއްގައި މަރުވީ، ނަސީމާގެ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ކެންސަރު ބަލީގައި މަރުވިތާ ގާތްގަނޑަކަށް ހަ ދުވަސްފަހުންނެވެ. އެއާއެކު ރިހެމުންދިޔަ ފައި މައްޗަށް ފޮއިވެއްޓުނީ އެވެ.

”އަބަދު ވެސް ސިއްސައިގެން ދާހެން ހީވޭ. އެންމެ ހިތްދަތިކަމަކީ، ފިރިމީހާ ނިޔާވި ދުވަސް. ހިތަށްއެރި ދެން ކިހިނެއްބާއޭ ހަދާނީ. އެކަމަކު ވެސް ވިސްނީ ދުނިޔެއަކީ ތަނެއް ނޫނޭ. ސިއްހަތު ރަނގަޅު މީހުން ވެސް ދަނީއޭ. މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް ނުހަދާނެއޭ ހިތަށްއެރީ،“ ނަސީމާ ބުންޏެވެ.

ފިރިމީހާ ގޮވައިގެން މާލެ އައީ، އާއިލާގެ ބަޔަކާ ކުދިން ހަވާލުކޮށްފަ އެވެ. އެ ކުދިންނަށް ހަމައެކަނި ކާން ދޭން އާއިލާގެ ބަޔަކު ތިބިއިރު ފިރިހެން ދެ ކުދިން ފެންވަރުވައި ރީތިކޮށްދޭން ހޯދީ ބޭރު މީހެކެވެ.

ހަޔާތަށް ބިންދަމުން ދިޔަ ރާޅުތަކާ އެކުގައި ވެސް ދިރިއުޅުމުގެ ހަރަދުތައް ޖައްސަމުން ދިޔައީ އެ ކުދިންނަށް ލިބޭ އެލަވަންސާއި ރަށުތެރެ ކުނި ކަހައިގެން ލިބޭ އެއްޗަކުންނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނު 7:00 ހާއިރު ކުނި ކަހަން ދަނީ ޒަހާ ކައިރީގައި ފޯނު ބާއްވާފައި ކަމެއް ބޭނުންވެއްޖެނަމަ ގުޅަން ބުނެފަ އެވެ. ފަތިސް ނަމާދަށް އެނދުމަތިން ހިއްލާލާ މީހާއަށް ހިންދެމިލެވެނީ ނަމާދުކުރާ ވަގުތު އެކަންޏެވެ. އެހެން ނޫނީ ހުރިހާ ވަގުތެއް ވެސް ހޭދަކުރަނީ ދަރިންނާއި ގޭތެރޭގެ މަސައްކަތުގަ އެވެ.

ގާސިމް މަރުވިއިރު ތިން ކޮޓަރީގެ ގެ ހުރީ ރާނައި ސިމެންތި ޖަހައި ސީލިން ކޮށްފަ އެވެ. އެއް ކޮޓަރި އާއި ސިޓިން ރޫމުގައި މުށި ޖަހައި ރީތިކޮށްލީ ނަސީމާ އަށް ލިބުނު ފައިސާއިންނެވެ. އެކަމަކު އެ ތިން ކުދިން އެނދުގައި ނިދާއިރު ނަސީމާ އޮންނަނީ މުށިމަތީގައި ގޮދަޑި އަޅައިގެން ބިންމަތީގަ އެވެ.

އެ ކުދިންގެ ތެރެއިން ޒަހާ ނޫނީ ހުރިހާ ކުދިން ވެސް ބޭރަށް ދެ އެވެ. ޒަހާ ގިނަވަގުތު ހޭދަކުރަނީ ގޭގައި ގުރުއާން ކިޔެވުމުގަ އެވެ.

ކިތަންމެ ހިތްދަތި ދިރިއުޅުމަކަށް ވި ކަމުގައި ވިއަސް ބަރާބަރަށް ސުންނަތް ރޯދަ ހިފައި، ނަމާދުކޮށް އަހުލާގު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރެވުމުގެ އުފާ އޭނާ އަށް ލިބެ އެވެ. ލޮލުން ކަރުނަ ނުހިކުނަސް ނަސީމާގެ މުޅި ހަޔާތް ގުރުބާންކޮށްފައި ވަނީ އެ ކުދިންނަށެވެ.

ގުޅުންހުރި ލިޔުންތައް

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ހުރަވީ ދުވަސް: ”އިސްނެންގެވި ކާބަފައިން ދެއްވާ، އަސްލީ މިިނިވަން ރޫޙޭ ލިބެނީ“

ޖެނުއަރީ 16, 2021
”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

”ހިނިތުންވެ އަތުގުޅައިގެން މިނިވަންކަމާއެކީ“ ދަތުރުކުރެއްވި ޝާޢިރުއްޝަބާބު

ޖެނުއަރީ 15, 2021
ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޒުވާން މަސްވެރިޔާ : އެތައް ބަޔަކަށް ހިނިތުންވުން ގެނުވާ އެކުވެރިޔާ

ޖެނުއަރީ 9, 2021
ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް ރައްޔިތުން އިޙްތިރާމް ނުކުރަނީ ކީއްވެ!

ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނަށް ރައްޔިތުން އިޙްތިރާމް ނުކުރަނީ ކީއްވެ!

ޖެނުއަރީ 5, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In