ހޮނިހިރު, ފެބްރުއަރީ 27, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ހިތްތިރި ކޯޗުގެ ތައުރީފާއި އިހުތިރާމް ރާއްޖެ އަށް

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 13, 2019
ކުޅިވަރު
0
ހިތްތިރި ކޯޗުގެ ތައުރީފާއި އިހުތިރާމް ރާއްޖެ އަށް

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނެރެފައިވާ ނަތީޖާތަކާއި ދައްކާފައިވާ ކުޅުމަށް ބަލާއިރު ރާއްޖެ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށް، މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ނުކުންނަ ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނެފި އެވެ.

ADVERTISEMENT

ކޮލިފައިން ގްރޫޕް އޭ ގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ސީރިއާ އާއި ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ޗައިނާ އިން އެއް ވަނަ އާއި ދެ ވަނަ މަގާމަށް ވާދަކުރާއިރު، ބެލެވޭ ގޮތުގައި ތިން ވަނަ އަށް ވާދަކުރާނީ ފިލިޕީންސް އާއި ރާއްޖެ އެވެ.

ފުރަތަމަ ތިން މެޗަށް ފަހު ހަތަރު ޕޮއިންޓާ އެކު ފިލިޕީންސް އޮތީ ތިން ވަނައިގަ އެވެ. ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު ފިލިޕީންސް މޮޅުވީ 4-1 އިންނެވެ. ޗައިނާ އަތުން ރާއްޖެ 5-0 އިން ބަލިވިއިރު ފިލިޕީންސް އިން ޗައިނާއާ 0-0 އިން އެއްވަރުކުރި އެވެ. ސީރިއާ އަތުން 2-1 އިން ރާއްޖެ ބަލިވިއިރު ސީރިއާ އަތުން ފިލިޕީންސް ބަލިވީ 5-1 އިންނެވެ.

ކޫޕާ ބުނީ ގްރޫޕުގައި ދެ ޓީމުން ކުޅުނު މެޗުތަކަށް ބަލައިގެން ސްޓެޓިސްޓިކުން ފެންވަރު ވަޒަން ނުކުރެވޭނެ ކަމަށާއި ރާއްޖޭން މިދިޔަ އަހަރެއްހާ ދުވަހު ނެރުނު ނަތީޖާ އަށް ބަލާއިރު އޭނާ އަށް ފެންނަނީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

”ރާއްޖޭން އިންޑިއާ ބަލިކުރި (ސާފް ސުޒުކީ ކަޕުގައި). ގުއާމް އަތުން ރަށުން ބޭރުގައި މޮޅުވި ބައިކޮޅަށް ލަނޑެއް ވައްދާނުލާ އެހާމެ މޮޅަށް ކުޅެ. ޗައިނާ މެޗުގައި ރާއްޖޭގެ ނަސީބު ދެރަވީ. ރާއްޖޭން ފުރަތަމަ 30 މިނެޓު ޗައިނާއާ އެއްވަރުކުރި. އެ ވަގުތު ދިޔަ ދެ ތިން ހިނދުކޮޅެއް ރާއްޖޭން ލަނޑެއް ޖެހީހެންހީވި. ވަރަށް ހިތްގައިމު ހިލޭ ޖެހުމަކުން ނުރައްކާކުރި،“ އިނގިރޭސި ކޯޗު ބުންޏެވެ.

”ސީރިއާ މެޗުގައި ވެސް އިހުތިރާމް ލިބޭ ފަދަ ނަތީޖާއެއް ނެރުނީ. އަހަރެމެންނަށް ވުރެ ރަނގަޅު ނަތީޖާއެއް ރާއްޖޭން ސީރިއާއާ ދެކޮޅަށް ނެރުނު. މެޗުގެ ފަހުކޮޅު ޕްރެޝަރުކޮށް އެއްވަރުކުރުމާ ގާތަށް ދިޔަ. އަހަރެމެން މި ނުކުންނަނީ ވަރަށް އޯގަނައިޒް ޓީމަކާ ދެކޮޅަށް އަދި އެހާމެ ރަނގަޅު ކޯޗެއް ހުރި ޓީމަކާ ދެކޮޅަށް.“

ރާއްޖެ އާއި ފިލިޕީންސުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލް މެޗުގައި މާލޭގައި ބައްދަލުކުރި އެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުން 3-2 އިން މޮޅުވީ ފިލިޕީންސް އެވެ. އެ މެޗުގައި ކުޅުނު ދެ ތިން ކުޅުންތެރިން ފިލިޕީންސް ޓީމުގައި ހިމެނެ އެވެ. ކޫޕާ ބުނީ ފަސް އަހަރު ކުރީގެ މެޗެއްގެ އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއް މި މެޗަށް ނުކުރާނެ ކަމަށެވެ.

”އެއް އަހަރަށް ވުރެ ދުރަކަށް ނުބެލޭނެ. އެވަރުން ވެސް އުނދަގޫވާނެ އަންދާޒާއެއްކޮށްލަން. އަހަރެމެންނަށް ވެސް އަދި ރާއްޖެ އަކަށް ވެސް ކުރީގެ މެޗުން ހާސިލްކުރެވޭނެ އެއްޗެއް މިހާރަކު ނޯންނާނެ. މިހާރުގެ ފޯމާއި މިހާރުގެ ކުޅުންތެރިން ތަފާތު ދައްކާނީ،“ ކޫޕާ ބުންޏެވެ.

އެ ފަހަރު ޓީމުގައި ހިމެނުނު، މި ފަހަރުގެ ކެޕްޓަން ސްޓެފަން ޝްރޮކް ވެސް ބުނީ ފަސް އަހަރަކީ ދިގު މުއްދަތެއް ކަމަށާއި ކޯޗު ބުނިހެން ފޯކަސްކުރަން ޖެހޭނީ ދެ ޓީމުގެ މިހާރުގެ ހާލަތާއި މިހާރުގެ ކުޅުންތެރިންނަށް ކަމަށެވެ.

”ފަސް އަހަރު ކުރީގެ ނަތީޖާއެއް މާދަމާގެ މެޗަށް މުހިއްމު ނޫން،“ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓަށް ކުޅެފައިވާ ޝްރޮކް ބުންޏެވެ.

ރާއްޖެއާ ހިލާފަށް ފިލިޕީންސް ޓީމުގައި ގިނައީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނެވެ. މިދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު ޑެންމާކް، ޖަރުމަން، ސްވިޒަލެންޑް، އިޓަލީ، ސާބިއާ، އަޔަލެންޑް، އިޓަލީ އަދި އެމެރިކާގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ގިނަ އަދަދަކަށް ހިމެނުނެވެ. މި ފަހަރުގެ ޓީމުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކާޑިފް ސިޓީގެ ގޯލްކީޕަރު ނީލް އެތެރިޖާއި ޖަރުމަން ދެ ވަނަ ޑިވިޝަނުގައި ކުޅޭ މިޑްފީލްޑަރު ޖޯން-ޕެޓްރިކް ސްޓްރައުސް އާއި ނެދަލެންޑްސް ދެ ވަނަ ޑިވިޝަނުގައި ކުޅޭ ޑިފެންޑަރު ޖަސްޓިން ބާސް ހިމެނެ އެވެ. އެއީ އެޑްވާންޓޭޖެއްތޯ އެހުމުން ކޫޕާ ބުނީ ޓީމެއްގެ ގޮތުގައި ފިލިޕީންސަށް އެކަމުން ފައިދާއެއް ނެގިދާނެ ކަމަށް ގަބޫލުނުކުރާނެ ކަމަށެވެ.

”ވަކިވަކި ކުޅުންތެރިން ކުރިއެރުމުގައި ފައިދާކުރާނެ އޭގެ ސަބަބުން. އެކަމަކު ޖުމްލަކޮށް ޓީމެއްގެ ގޮތުގައި ވަކި ފައިދާއެއް ނުކުރާނެ،“ ކޫޕާ ބުންޏެވެ. ”ބައެއް ފަހަރު މީޑިއާ އިން ސުވާލުކުރާނެ ފިލިޕީންސް ރައްޔިތުކަން ހޯދާފައި ތިބީ ބޭރު ކުޅުންތެރިންނޭ ބުނެ. އެކަމަކު މި ކުޅުންތެރިންނަކީ ފިލިޕީންސަށް ނިސްބަތްވާ ކުޅުންތެރިން.“

ގޯލްކީޕަރު އެތެރިޖަކީ އިންގްލެންޑަށް އުފަން ކުޅުންތެރިޔެކެވެ. އަދި ޝްރޮކަކީ ޖަރުމަނަށް އުފަންވި ކުޅުންތެރިޔެކެވެ. އެކަމަކު ދެ ކުޅުންތެރިންގެ މަންމަ ނިސްބަތްވަނީ ފިލިޕީންސް ދަރިކޮޅަށެވެ.

މާދަމާގެ މެޗު ކުޅެނީ މެންދުރުފަހު ހަތަރެއް ޖަހާއިރު ކަމަށް ވުމުން ހޫނުގެ އަސަރުގެ ސަބަބުން އުނދަގޫވާނެތޯ އެހުމުން ވެސް ކޫޕާ ދިނީ ހިތްތިރި ޖަވާބެކެވެ. އޭނާ ބުނީ ޓީމުގައި އޭޝިއާގައި ކުޅޭ ގިނަ ކުޅުންތެރިން ވެސް ތިބުމާ އެކު އެ ކުޅުންތެރިން ތިބޭނީ އެކަމަށް ހޭނިފައި ކަމަށެވެ. ފިލިޕީންސް ލީގާއި ތައިލެންޑް ލީގުގެ މެޗުތައް ވެސް ވަރަށް ގިނައިން މެންދުރުފަހު ކުޅެ އެވެ.

”ގަބޫލުކުރަން ޖެހޭ ބައެއް ފަހަރު ދޫކޮށްލަން ޖެހޭ އެޑްވާންޓޭޖްތަކެއް ހުންނާނެކަން. ސަޕޯޓަރުންނާއި ދަނޑުގެ ހާލަތާއި ދަނޑުގެ ސައިޒާ މޫސުމާއި މިފަދަ ކަންކަމުގެ ފައިދާ އޮންނާނީ ހޯމް ޓީމަށް. އެކަމަކު އެއްކަމެއް ޔަގީންކޮށްދެން. އެއީ އެފަދަ ކަމެއްގެ އުޒުރެއް އަހަރެމެން މެޗަށް ފަހު ނުދައްކާނެކަން،“ ކޫޕާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ޓައިގާ ވުޑްސް ހޭއަރައިފި

ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ޓައިގާ ވުޑްސް ހޭއަރައިފި

ފެބްރުއަރީ 24, 2021
ޗެލްސީ ކުއާޓާއާއި ގާތަށް

ޗެލްސީ ކުއާޓާއާއި ގާތަށް

ފެބްރުއަރީ 24, 2021
ރިޒޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ރިޒޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ފެބްރުއަރީ 18, 2021
ދިވެހި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި މުވައްޒަފުންނަށް ވެކްސީންދެނީ

ދިވެހި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި މުވައްޒަފުންނަށް ވެކްސީންދެނީ

ފެބްރުއަރީ 15, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ކޯވީޑް ވެކްސިން ނުޖަހާ މީހުންނާމެދު ފިޔަވަޅަން ނިންމައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In