އާދިއްތަ, ފެބްރުއަރީ 28, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދިވެހިންގެ އުއްމީދުތައް މަތިވެ، ފޯރި ވެސް ގަދަވެއްޖެ: ސެގާޓް

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 13, 2019
ކުޅިވަރު
0
ދިވެހިންގެ އުއްމީދުތައް މަތިވެ، ފޯރި ވެސް ގަދަވެއްޖެ: ސެގާޓް

ޒުވާން ކުޅުންތެރިންނާ އެކު ނުކުމެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމުން ދިވެހިންގެ އުއްމީދުތައް މަތިވެ ފުޓްބޯޅައިގެ ފޯރިވެސް ގަދަވެއްޖެ ކަމަށާއި އެ އުއްމީދުތައް ހާސިލްކޮށްދިނުމުގެ ޕްރެޝަރާއި ޒިންމާ އޭނާ ނަގާ ކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

ADVERTISEMENT

ރާއްޖޭގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެ މުބާރާތުގެ ކޮލިފައިންއާ އެއްކޮށް ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހަވީރު މާލޭގައި ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވުމަކީ ކޮލިފައިންގައި ކުރިއަށްދާން އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރާއްޖެ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ފިލިޕީންސް އޮތީ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސީރިއާ އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު ޗައިނާ އެވެ. މި ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަކަށް ވެސް ކޮލިފައިވުމުގެ ފުރުސަތު އޮތުމުން ރާއްޖެ އާއި ފިލިޕީންސްގެ ލޯ ހުރީ އެ މަގާމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ މެޗަށް ތައްޔާރުވާން މެލޭޝިއާގައި ހެދި ޓްރެއިނިން ކޭމްޕާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެފްއޭއެމުން ހަމަޖައްސައިދިން އިންތިޒާމްތަކަށް ޝުކުރުވެރިވާ ކަމަށެވެ. އަނިޔާގެ މައްސަލައެއް ޓީމުގައި ނެތް ކަމަށާއި ހުރިހާ ގޮތަކުން ވެސް ރާއްޖެ އޮތީ މެޗަށް ތައްޔާރުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ގްރޫޕުގެ ތިން ވަނަ ހޯދުމަށްޓަކައު، މާދަމާ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފުތާގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ މުހިއްމުކަން ބޮޑުވުމުންނާއި އަދި އެންމެންގެ ސަމާލުކަން މި ދެ މެޗަށް ހުއްޓިފައި އޮތުމުން އެއީ ޕްރެޝަރެއްތޯ އެހުމުން ސެގާޓް ބުނީ ޕްރެޝަރު އޮތީ އޭނާ އަށް ކަމަށެވެ.

”އަހަރެން މިތަނަށް އައިސް ބޭނުންވީ ޖީލެއް ބަދަލުކުރަން. އާ ޖީލެއްގެ ކުޅުންތެރިންތަކާ އެކު ނުކުމެ އަހަރެމެން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިން. އެއާ އެކު އަދި ކޮލިފައިންގައި ނެރެމުން އަންނަ ނަތީޖާތަކާ އެކު އެންމެންގެ އުއްމީދުތައް މަތިވެއްޖެ. އަހަރެން ދިވެހިންނަށް ކުރަން އޮތް އެންމެ ބޮޑު ތައުރީފަކީ ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުން އެކަމުގެ ތައުރީފް. ސަރުކާރާއި މީޑިއާގައި ވެސް ފޯރި އެބައޮތް. އެކަމުގައި ކުޅުންތެރިންނަށް ވެސް ޝުކުރުއަދާކުރަން ޖެހޭ. އެއީ އެ ކުޅުންތެރިން ފަހަކަށް އައިސް ކުޅުނު ސްޓައިލުގެ ސަބަބުން އެ ފޯރި ގަދަވީ،“ ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ އޭނާ އަށް ޕްރެޝަރު އޮތް ސަބަބަކީ އެ ފޯރި ގަދަވުމާއި އަދި އުއްމީދުތައް މަތިވުމާ އެކު ރަނގަޅު ނަތީޖާއެއް ޓީމަށް ނެރެދިނުމުގެ ޒިންމާ އޮތީ އޭނާގެ އަތުގައި ކަމަށް ވުމެވެ. ރާއްޖޭގެ މިހާރުގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށްވާތީ، އެ ޒިންމާ ނަގައި ރާއްޖެ އެހިސާބަށް ގެންގޮސްދިނުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސެގާޓް ދިނެވެ.

ޒުވާން ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔަކީ ދޮޅު އަހަރުގެ މެދުކެނޑުމަށް ފަހު ސެގާޓް ސްކޮޑުން ފުރުސަތު ދިން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭނާ ވަނީ ސީރިއާ އަތުން ދުބާއީގައި ރާއްޖެ 2-1 އިން ބަލިވި މެޗުގެ ދެ ވަނަ ހާފުގައި އަރައި ލަނޑެއް ޖަހައި މޮޅަށް ކުޅެފަ އެވެ. އޭނާގެ މުހިއްމުކަމާ ބެހޭގޮތުން ސުވާލުކުރުމުން ސެގާޓް ބުނީ ދަގަނޑޭ އަށް ނުވަތަ ވަކިވަކި ކުޅުންތެރިންނަށް ސަމާލުކަން ދޭން ބޭނުންނުވާ ކަމަށެވެ.

”މި ޓީމުގައި އެބަ ހިމެނޭ ވަރަށް ޒުވާން ކުޅުންތެރިޔެއް ޗޯޓް (ހަސަން ނަޒީމް) ވެސް. އަހަންނަށް އޭނާއެކޭ އަޝްފާގެކޭ އަކްރަމެކޭ ފައިސަލެކޭ ތަފާތެއް ނެތް. ބައިވަރު ޒުވާން ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންގެ ވާހަކަ ވެސް ދައްކަމާ ހިނގާ. އަހަންނަށް ހަގީގަތުގައި މުހިއްމެއް ނޫން ފުރަތަމަ އަރާ އެގާރަ ކުޅުންތެރިންނެއް ވެސް. މުހިއްމީ ނެރޭ ނަތީޖާ،“ ސެގާޓް ބުންޏެވެ.

ރާއްޖޭން މާދަމާ އިދިކޮޅަށް ނުކުންނަ ފިލިޕީންސަކީ ރާއްޖެއެކޭ އެއްފަދައިން އޭޝިއާގެ މެދު ފަންތީގެ ގައުމެކެވެ. އެކަމަކު އެ ޓީމުގައި ޔޫރަޕުގައި ކުޅޭ ގިނަ ކުޅުންތެރިން މި ވަގުތު ތިބުމާ އެކު ފެންވަރު ވަނީ ރަނގަޅުވެފަ އެވެ. ސެގާޓް ވެސް ބުނީ ފިލިޕީންސް ފެންނަނީ ވަރަށް އޯގަނައިޒް ހުނަރުވެރި ޓީމެއްގެ ގޮތުގައި ކަމަށެވެ.

މިއީ ގްރޫޕުގައި ރާއްޖޭގެ މަގާމް ނިންމާނެ މެޗުތޯ އެހުމުން ސެގާޓް ބުނީ ރާއްޖޭގެ މަގާމް އެނގޭނީ، އެންމެ ފަހު މެޗުގައި ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުން ކަމަށާއި އެކަމަކު މާދަމާގެ މެޗު ވަރަށް، ވަރަށް މުހިއްމު ކަމަށެވެ.

”ފިލިޕީންސް މިއޮތީ އަހަރެމެންނަށް ވުރެ އެއް ޕޮއިންޓް ކުރީގައި. މޮޅުވެއްޖެއްޖާ އަހަރެމެންނަށް ކުރިއަށް އެރޭނެ. އެއްވަރުވިޔަސް ރަނގަޅު ފުރުސަތެއް އޮންނާނެ. އެކަމަކު އަހަރެންގެ ފަލްސަފާއެއް ނޫން އެއްވަރުކުރަން ކުޅުމަކީ،“ ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ކުޅޭ މެޗާ ބެހޭގޮތުން ސެގާޓް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ގާނޫނު ބުނާ ގޮތުން ކުޅިވަރު އެސޯސިއޭޝަނަކަށް ބަސް ކިއުމަކީ މިނިސްޓަރަށް ލިބިގެންވާ ހައްގެއް ނޫން  :  މަހްލޫފް

ބިލިއާޑް ހޯލް: މިއީ ގެނެސްދޭ އިންގިލާބުގެ ކޯވަރެއް- މަހުލޫފް

ފެބްރުއަރީ 28, 2021
ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ޓައިގާ ވުޑްސް ހޭއަރައިފި

ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ޓައިގާ ވުޑްސް ހޭއަރައިފި

ފެބްރުއަރީ 24, 2021
ޗެލްސީ ކުއާޓާއާއި ގާތަށް

ޗެލްސީ ކުއާޓާއާއި ގާތަށް

ފެބްރުއަރީ 24, 2021
ރިޒޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ރިޒޭ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

ފެބްރުއަރީ 18, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In