ބުރާސްފަތި, ފެބްރުއަރީ 25, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ނުފެނުނަސް

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 13, 2019
ވާހަކަ
0
ނުފެނުނަސް

އުޑުގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައި އޮތް ކުލަ ގަދަ، ވިއްސާރަ ދުނީގެ ފޮޓޮ ނަގަމުން އަތިރިމަތީ އުޅުނު އައިމަންގެ ލޮލުގައި އަޅައިގަތީ ގޮނޑު ދޮށުގައި ތެލި ދޮންނަން އޮތް ޒުވާން ޖިންސުއްލަތީފެކެވެ. މޫނު ނުފެނުނަސް، ކުލަގަދަ ކަޅު އިސްތަށިގަނޑުން އައިމަންގެ ހިތުގެ ތެޅުން އަވަސްކޮށްލިއެވެ. އުފެދުނު ޝައުގެއްގެ ބޮޑުކަމުން އެ މަންޖެގެ ފޮޓޯއެއްވެސް ނަގާލިއެވެ. ފޯނުން ކްލިކްވި އަޑު ޖެހުމާއެކު އަންހެން ކުއްޖާގެ މޫނު، އައިމަން އާއި ދިމާލަށް އަނބުރާލިއެވެ. ބޭއިޚްތިޔާރުގައި “މާޝާ ﷲ” އޭ އައިމަންއަށް ބުނެވުނެވެ.

ADVERTISEMENT

އެހާވެސް ޗާލެވެ.

ހަމުގެ އޮމާންކަމުން މޫނުމައްޗަށް ވިދުމެއް އަރާފައި ހުއްޓެވެ. ކުލަ އަލި ނޫނަސް ރީއްޗެވެ. ތުންފަތް ބޯވެފައި ފުރިހަމައެވެ. އޭނާގެ ލޮލުގެ ކަޅީގައިވަނީ އަޅި ކުލައެކެވެ. ދިވެހިންގެ ތެރޭގައި މާ އާންމު ކުލައެއް ނޫންކަމުން އައިމަން އިތުރަށް ގަޔާވިއެވެ. ހަށިގަނޑު ހިމަތޮޅިވެފައި ޒަޚަމްކޮށްލާފަދަ ބައްޓަމެކެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވެންޏާ އައިމަންއަށް ހުރީ ލޯބި ވާ ވަރު ވެފައެވެ. ނަމަވެސް އައިމަން އަކީ ހިތުގެ އަޑު އަހާ މީހެއް ނޫނެވެ. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ވާރިސެވެ. މާލޭގެ ގެދޮރު ހުރި ހަރުދަނާ ޖިންސުންލަތީފެކެވެ. ރާއްޖެތެރެއަށް އައިސް އުޅުނެއްކަމަކު މިއިން ރަށެއްގެ ފަގީރަކާ ގުޅެން އޭނާގެ ބައްޕަ އަމުދުން އެއްބަހެއް ނުވާނެއެެވެ. އެހެންކަމުން މިކަމާ އުޅުމަކީވެސް ބޭކާރު ކަމެކެވެ.

ނަމަވެސް އައިމަން ހުރީ މި އަންހެނުން ކުއްޖާގެ ފަރާތުން އަރާމެއް ހޯދަން ފެން ބޮވައިގަނެފައެވެ. އޭނާގެ ކާމިޔާބީގެ ލިސްޓަށް މި ކުއްޖާގެ ނަންވެސް އިތުރު ކުރަން އޭނާ ބޭނުންވިއެވެ. މާ އުނދަގުލެއް ނުވާނެއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އެ ކުއްޖާ ބަލަމުން ދިޔަ ގޮތުން އައިމަން އާ މެދު އޭނާގެ ޚިޔާލު މާ ރަނގަޅު ނޫންކަން އައިމަން ދެނެގަތެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން ހެނދުނު ހެނދުނާ ރައުނާ ދިޔައީ ގޭގައި ހަޑިވެފައި ހުރި ތެލިތައް ދޮންނަން އަތިރިޔަށެވެ. ބޮލުގައި އާންމުކޮށް އައްސާ ރަބަރުގަނޑު ގެއްލިފައި ވުމުން އިސްތަށިގަނޑު ހާވާލައިފައި ހިނގައިގަތެވެ. މާ ގިނަ ބަޔަކު ބޭރުގައި ނޫޅޭނެކަން އެނގިހުރެއެވެ. އަތިިރިމައްޗަށް ވެރިވެފައި އޮތް ހަމަހިމޭންކަމުން އޭނާގެ ހިތަށް ފިނިކަން ގެނުވިއެވެ. ރޭ ވެހުނު ވާރޭގެ ތެތްކަން ބިންމަތީ ހުރި ނަމަވެސް ދުވަސް ފޮޅިގެން އައީ ރީތި ސާފު ދުވަހެއް ގޮތުގައެވެ. އުޑު މަތި ސާފުވެފައި ވިއްސާރަ ދުންޏެއްގެ ކުލަވަރު އުދަރެހުން ފެންނަން ހުއްޓެވެ. ރާޅު ބީއްސާ ހިސާބުގައި ގުދުވެލައިގެން އޮވެ ރައުނާ ތެލި ދޮންނަމުން ދިޔައެވެ. އޭނާއަށް ސިހުމެއް ގެނެވުނީ މީހަކު ފޮޓޯއެއް ނަގާލިކަމުގެ އިހުސާސުވެގެންނެވެ. ފަހަތަށް އެނބުރުމުން ފެނުނު ސޫރައަކުން ހިތަށް އިތުރު ފޫހިކަމެއް ގެނުވިއެވެ.

މިއީ ރަށަށް އައިސް އުޅޭ ބީރައްޓެސެކެވެ. ނަން ހަނދާން ނެތުނަސް އޭނާގެ ފެންވަރު ރައުނާއަށް ނިކަން ރަނގަޅަށް އެނގެއެވެ. މުއްސަނދި ބައްޕައެއްގެ ރުފިޔާ ތަޅާ އަޅަނީއެވެ. އަމިއްލަ ހަރުދަނާ ކަމެއް އޮތީއެއް ނޫނެވެ. ބޭނުންކުރަމުން އެ ދަނީ އަމިއްލަ ފައިސާއެއްވެސް ނޫނެވެ. އެކަމުގައި ދެން އޮތީ ކޮން ބޮޑާ ކަމެއް ހެއްޔެވެ؟ ތިމާވަރު މީހެއް ނެތިގެން ރަށު މަގުމަތީ އުޅޭނެއެވެ. ދެތިން ފަހަރު ރައުނާއަށް ވެސް މީނާ ވަތީ މަގުމަތިން ފެނިފައެވެ. އަބަދުވެސް ކޮންމެވެސް ޒުވާން ކުއްޖެއްގެ ފަހަތު އަޅުވާލައިގެންނެވެ. ބައެއް މީހުން މީނާއަށް ހެއްލެއެވެ. އަނެއްބަޔަކު ރެކިގަނެއެވެ. ހެއްލޭ މީހުންނަކީ މީނާއަށް އެއް ރެއެއްގެ އުފަލެވެ. އެނދުމަތި ފަޅުފިލުވައިދޭ އެ ދުވަހުގެ ޓްރީޓެވެ. ހެނދުނުވުމުން ހަނދާން ނައްތާލާނެެއެވެ.

ދޮންނަން އިން ތެލި ނަގާ އުރަށް ޖަހާލުމަށްފަހު ރައުނާ ހިނގައިގަތެވެ. އޭނާ ފަހަތުން އައިމަން އަންނަން ފެށުމުން ހިނގުމުގެ ދުވެލި އަވަސްކޮށްލިއެވެ. ނަމަވެސް އައިމަންގެ ބޮޑު ފިޔަވަޅުތަކުން ދާދި ފަސޭހަ ކަމާއެކު ރައުނާއާއި އެއް ހަމައެއްގައި ހިފަހައްޓާލިއެވެ. ވަކި ހިސާބަކަށްގޮސް ކެތް ނުވެގެން އައިމަން ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ނަން ބުނެ ތަޢާރަފްވެލިއެވެ. ރަށަށް އައިސްގެން އުޅޭ މަގްސަދު ހާމަކޮށްލިއެވެ. ރައުނާ އެއްޗެކޭ ނުބުނުމުން ރައުނާގެ ނަންވެސް އަހާލިއެވެ. އަނެއްކާވެސް އައިމަން ކުރިމަތިލާން ޖެހުނީ ހަމަ އެ ހަމަ ހިމޭންކަމާއެވެ. އޭނާއާ ވާހަކަ ނުދައްކަން ނަދުރެއް ބުނެގެން ހުރި ކަހަލައެވެ. އައިމަން ކެތްމަދުވާން ފަށައިފިއެވެ. ރުން ކުރުވެ އުނދަގޫ ވާން ފަށައިފިއެވެ. އާންމު ގޮތެއްގައި އޭނާއަށް މިހާ މަސައްކަތް ކުރާކަށް ނުޖެހެއެވެ. ބަލާލަން ރީތި ސިފަތަކެއް ހުރުމުން ފަސޭހަ ކަމާއެކު އަންހެން މަންޖެއިންގެ ސަމާލުކަން ލިބެއެވެ. ނަމަވެސް މިއީ ކޮންފަދަ އަރަތެއް ހެއްޔެވެ؟

އައިމަން ރައުނާގެ އަތުގެ އުޅަބޮށީގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލިއެވެ. އައި ރުޅީގައި ރައުނާގެ ހުހަށް އޮތް އަަތުން އައިމަންގެ ކޯތާފަަތަށް ހޫނު ހަމަލާއެއް ރައްދުކޮށްލިއެެވެ. ލިބުނު ސިހުމާއެކު ރައުނާއާ ދިމާލަށް އަނގަހުޅުވިފައި ބަލަން އައިމަން ހުއްޓެވެ. ރައުނާގޮސް އޭނާގެ ގޭތެރެއަށް ވަދެގެން ދިޔައިރުވެސް އައިމަން ހުރީ ނަފްރަތުގެ ނަޒަރަކުން އޭނާއާ ދިމާލަށް ބަލާށެވެ. ރައުނާއަށް އެ ކުރެވުނު ކުށުގެ އަދަބު ހިތިގޮތަކަށް އޭނާއަށް ލިބޭނެކަން އޭރު ވިސްނުނު ނަމައެވެ.

ރައުނާ އާ ބެހޭގޮތުން ހޯދުނު މައުލޫމާތެއް އައިމަން ހޯދިއެވެ. އެކަނިވެރި މަންމައެއްގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕައަކީ ކާކު ކަމެއް ނޭނގެއެވެ. ތުން ތުން މަތިން އިވޭ ގޮތުގައި މީހަކު އޭނަގެ މަންމަގެ އިއްފަތްތެރިކަމަށް އަރައިގަތީއެވެ. އަނެއް ބަޔަކު ބުނާގޮތުން ބީރައްޓެއްސަކާ ބޭއްވި ނާޖައިޒު ގުޅުމެއްގެ ސަަަބަބުން ބަނޑުބޮޑުވެ ރަށުތެރެއަށް ގިނަވީއެވެ. ހަގީގަތް އެނގޭނީ ރައުނާއަށާއި އޭނާގެ މަންމައަށެވެ. އެއީ މީހުންނާ ފުދޭވަރަކަށް އެކަހެރިކޮށް އުޅޭ ބައެކެވެ. އެމީހުންނާ ގުޅޭ ބަޔަކު މަދުވާނެއެވެ. އެހެންކަމުން އައިމަން ރާވަމުންދިޔަ ޕްލޭން ފަސޭހަ ގޮތުގައި ކާމިޔާބުވާނެކަން އޭނާއަށް ޔަގީންވިއެވެ.

ރައުނާގެ މަންމަ ސަފިއްޔާ ގޭގައި ނެތް ވަގުތެކެވެ. ބަދިގޭގެ މަސައްކަތުގައި އޭނާ އަވަދިނެތި އުޅުމަށްފަހު ވަރުބަލި ފިލުވާލަން ވަނީ ގޭތެރެއަށެވެ. އިތުރު މީހެއް އުޅޭކަމުގެ އިހުސާސުވުމުން ސަމާލުވެލިއެވެ. ނަމަވެސް ވިސްނާނުލާ ހުއްޓާ ރައުނާގެ އަނގަމަތީ އެޅިގެންދިޔައީ ފޮތި ގަނޑެކެވެ. އެ ފޮތި ގަނޑުގައި އުނގުޅާފައި ހުރި އެއްޗަކުން އޭނާގެ ހޭވެރިކަން ދިޔައެވެ.

ހޭނެތިފައި އޮތް ރައުނާގެ ހަށިގަނޑުން މީރުކަން ހޯދީ އައިމަން އެކަންޏެއް ނޫނެވެ. އިތުރު ދެތިން ހަތަރު މީހަކު މި މުޑުދާރު އަމަލުގައި ޝާމިލުވިއެވެ. ރުފިޔާގެ އިތުރުން އަރާމާއި ލައްޒަތު ލިބިގަތީއެވެ. ސަފިއްޔާ ގެއަށް އައީ ކުރިން އަންނަން ނިންމައިގެން ހުރި ވަގުތަށްވުރެ އަވަަހަށެވެ. ގޭތެރެއަށް ވަދެގެން އައި އިރު ދެތިން ފިރިހެނުންގެ ހުނުމުގެ އަޑު އިވުމުން ހިނގުމުގެ އަޑު މަޑުކޮށްލިއެވެ. އަޑެއް ނީވޭ ގޮތަށް ގޮސް ރައުނާގެ ކޮޓަރީގެ ދޮރު ހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ. އޭނާގެ ހުރި ހަމަ އެކަނި ފުރާނަ ނޮޅާ ކުދި ކުރަނީއެވެ. ބަލާކަށް ނުހުރެ ގޮސް ސަފިއްޔާ ފުރަތަމަ އެއްކުރީ ހިސާބުގަނޑު މީހުންނެވެ. ހަތަރު ފިރިހެނުންގެ މަސައްކަތުން އޭނާއަށް ގޮތެއް ހަދާލާ އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް އިތުރު ހުރަހަކަށް ވެދާނެތީއެވެ. އެއްވި މީހުންގެ އެހީގައި މި މުޑުދާރު އަމަލު ހިންގަން ތިބި ބަަޔަކު ހައްޔަރު ކުރެވުނެވެ. އޭރުވެސް ރައުނާގެ ހޭވެރިކަމެއް ނެތެވެ. ސަފިއްޔާގެ ލޮލުން ފައިބަމުން ދިޔަ ހިތި ކަރުނައިން މަންޒަރު ބަލަން ތިބި އެތައް ބައެއްގެ ހިތް ރޮއްވާލިއެވެ. އަންހެން ދަރިއަކު ހުރި މަޔަކަށް ކެތްވާވަރެއްގެ މަންޒަރެއް ނޫނެވެ.

ރައުނާ އަށް ހޭވެރިކަން ވުމާއެކު މުޅި ގައިގެ އެކި ދިމަ ދިމާލުގައި އަޅަމުންދިޔަ ވޭން އިހުސާސު ވަމުން ދިޔައެވެ. ގައިގައި އަޅަމުން ދިޔަ ވޭނަށްވުރެ ހިތުގައިވާ ރިހުން ގަދައެވެ. މުޅި ރަށަށް އޭނާ ބޭޒާރުވީއެވެ. އިންނާނެ މީހަކު ނުލިބި ދުވަސްތައް ގުނަން މަޖުބޫރުވީއެވެ. އޭނާއަށް ކުރިމަތިވި ހާދިސާގެ ވާހަކަ ނޫސްތަކަށް އެރިއެއް ކަމަކު އެކަން ކުރި ބަޔަކަށް އިންސާފެއް ނުލިބެއެެވެ. ބައްޕަގެ ލާރީގެ އެހީގައި އައިމަން ސަލާމަތްވީއެވެ.

ރާއްޖޭގައި ނިކަމެތިން އުޅެން ޖެހޭނީ މިފަދަ ހާލެއްގައެވެ. އަމިއްލަ އިއްފަތްތެރިކަމުގެ ރައްކަލުގައި ނޫނެކޭ ބުނެފިއްޔާ ގަދަރާއި އިއްޒަތަށް އަރާ ޗިސްޗިސްކޮށްލާނެއެވެ. މީހެއް ދެކެ ހަގީގީ ލޯބި ވެވިއްޖެއްޔާ ކޮންމެވެސް ކަހަލަ ކެއްސެއް ދޭނެއެވެ. ރައުނާގެ މަންމަގެ އިއްފަތަށް އަރައިގަތީ އެންމެ ލޯބިވި އިންސާނާއެވެ. ރައުނާގެ އިއްޒަތް ވެއްޔާ މޮޑެލީ އެންމެ ނަފްރަތު ކުރި އިންސާނާއެވެ. ދެމައިންނަށްވެސް ލިބުނީ އެއް ލަނޑެކެވެ. ލިބުނު މި ކެހީގަައި ރައުނާ ހިތާމަކުރާއިރު އައިމަން އޭނާގެ ބައްޕަގެ ލާރިން ނިކަން އުފަލުގައި ދިޔައީ އުޅެމުންނެވެ. އިންސާފަކީ މިއީ ހެއްޔެވެ؟

– ނިިމުނީ –

ގުޅުންހުރި ލިޔުންތައް

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 06

ފެބްރުއަރީ 24, 2021
އަބަދުވެސް އިންތިޒާރު ކުރާނަން – 14

އަބަދުވެސް އިންތިޒާރު ކުރާނަން – 14

ފެބްރުއަރީ 23, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 05

ފެބްރުއަރީ 21, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 04

ފެބްރުއަރީ 17, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In