މާލެއިން ކ. ތިލަފުއްޓަށް ދިޔަ ޑިންގީއަކުން ފުންމާލި މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޑިންގީން ފުންމާލުމުން މަރުވީ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުންމާލީ މިއަދު 15:16 ހާއިރު 10 މީހުންނާ އެކު މާލެއިން ތިލަފުއްޓަށް ދަތުރުކުރި ޑިންގީއަކުން ކަަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ފެނުނީ ހޯދަމުން ދަނިކޮށް 44 މީޓަރު އަޑިން ކޯސްޓުގާޑުގެ ޑައިވަރުންނަށެވެ. ޑިންގީން ފުންމާލި ސަބަބެއް އަދި އޭނާގެ ވަނަވަރެއް ވެސް އަދި ނޭނގެ އެވެ.