ހޯމަ, މާރޗް 8, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މި އަހަރު 9،000 ވަޒީފާ އުފެއްދިއްޖެ- ފައްޔާޒް

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ނޮވެމްބަރ 17, 2019
ވިޔަފާރި
0
މި އަހަރު 9،000 ވަޒީފާ އުފެއްދިއްޖެ- ފައްޔާޒް

މި ސަރުކާރުގެ މިދިޔަ އެއް އަހަރުގެ ތެރޭގައި 9،000 އެއްހާ ވަޒީފާ އުފެއްދިއްޖެ ކަމަށާއި ޖޮބް ސެންޓަރާ އެކު، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ADVERTISEMENT

ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޖޮބް ސެންޓަރާ އެކު، ބައެއް މީހުން މިހާރު ތިބި ވަޒީފާތަކަށް ވުރެ ރަނގަޅު ވަޒީފާތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެކަން ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި މުހިއްމު ގިނަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

”ވަޒީފާ ދޭ ފަރާތްތަކުން ލިސްޓު ކުރުމަކަށް އަޅުގަނޑުމެން މަޖުބޫރެއް ނުކުރަން. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބޭރު މުވައްޒަފުންނަށް ކޯޓާ ދިނުމުގައި، މި ޕޯޓަލްގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް ނޫނިއްޔާ ވޯކްޕާމިޓެއް ނުދޭނަން،“ އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި، ވަޒީފާ ދޭ މީހުން ބޭނުންވާ ވަޒީފާތައް ޖޮބް ސެންޓަރުގައި ޝާއިއުކޮށް، އެ ވަޒީފާ އަށް ފިޓުވާ ދިވެހިން ތިބި ނަމަ އެންމެ ފުރަތަމަ އިސްކަން ދޭނީ އެ ބަޔަކަށެވެ. އަދި ބިދޭސީންނަށް އިސްކަން ދޭނީ ދިވެހިން ނެތް ދާއިރާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިކަމުގައި ވަޒީފާދޭ މީހުންގެ ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށާއި އެ ބަދަލުތަކަކީ، އާންމުންނާއި ވިޔަފާރިތަކަށް ވެސް އެންމެ ރަނގަޅު ބަދަލުތަކަށް ވާނެ ކަމަށެވެ.

”މި ސަރުކާރުން ދެކެނީ އަޅުގަނޑުމެންނަކީ ވިޔަފާރިތަކުގެ ވެސް ބައިވެރިއެއް ކަމަށް. މިގޮތުން އެ އަންނަ ތަކްލީފުތައް ފަސޭހަ ކުރުމަށްޓަކައި ސަރުކާރުގެ ތެރޭގައި ހުރި ރެޑް ޓޭޕް [އުނދަގޫ ގޮތްތައް] މަދުކޮށް ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިދަނީ ބަލަމުން،“ އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ކުރިމަގުގައި މިނިމަމް ވޭޖް ކަނޑައަޅައި، ޓްރޭޑް ޔޫނިއަންތަކުގެ މަސައްކަތްތައް ވެސް ފެންނާނެ ކަމަށެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 105،000 ވަޒީފާ ރަޖިސްޓަރީ ވެފައި ވެ އެވެ. އަދި ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ނުވާ 55،000 ވަޒީފާ ހިމެނޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އުމުރުގެ އާބާދީގައި ތިން ލައްކަ މީހުން ހިމެނޭ އިރު އޭގެ ތެރެއިން ވަޒީފާ އަދާކުރަނީ 160،000 މީހުން ކަމަށް ފައްޔާޒް މިއަދު ވިދާޅުވި އެވެ.

މީގެ އިތުރުން، ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބި 10،000-15،000 އާ ދެމެދުގެ މީހުން އުޅޭ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 99،000 މީހުންނަކީ އެއްވެސް ކަހަލަ ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޮބް ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ އިތުރު ކުރުމުގެ އިތުރަށް އަދާކުރަމުންދާ ވަޒީފާތަކަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދާދިނުމެވެ. މިއަދު އިފްތިތާހުކުރި ޖޮބް ސެންޓަރަށް ލޮގިން ވުމުން، އެ މީހަކަށް އެންމެ އެކަށީގެންވާ ވަޒީފާތަކުގެ ނޯޓިފިކޭޝަން ލިބޭނެ އެވެ. އަދި އެ ވަޒީފާތަކަށް އޮންލައިންކޮށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ލަގެޖު އެލަވަންސްގެ ގޮތުގައި 30 ކިލޯއާއެކު ހަފުތާއަކު 4 ދަތުރު ޑާކާއަށް ކުރާނެ – މޯލްޑިވިއަން

ލަގެޖު އެލަވަންސްގެ ގޮތުގައި 30 ކިލޯއާއެކު ހަފުތާއަކު 4 ދަތުރު ޑާކާއަށް ކުރާނެ – މޯލްޑިވިއަން

މާރޗް 3, 2021
އޫރިދޫ ހިއްސާ އަކަށް 2 ރުފިޔާ 34 ލާރި

އޫރިދޫ ހިއްސާ އަކަށް 2 ރުފިޔާ 34 ލާރި

މާރޗް 2, 2021
ދިރާގު ކަސްޓަމަރުންނަށް ސްޕޮޓިފައިގެ ހާއްސަ އެޑްއޮން އެއް

ދިރާގު ކަސްޓަމަރުންނަށް ސްޕޮޓިފައިގެ ހާއްސަ އެޑްއޮން އެއް

މާރޗް 2, 2021
”ފިނި ފިނި ހިޓާޗީ“ ޕްރޮމޯޝަން: އަންނަ އޭޕްރީލް މަހުގެ ނިޔަލަށް

”ފިނި ފިނި ހިޓާޗީ“ ޕްރޮމޯޝަން: އަންނަ އޭޕްރީލް މަހުގެ ނިޔަލަށް

މާރޗް 1, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    ރައީސް ނަޝީދުގެ މިރޭގެ ފަރިއްކޮޅު މޫދު އަޑީގައި

    0 shares
    Share 0 Tweet 0
  • އަނެކުންގެ އަޤީދާއާމެދު ގޮތް ކަނޑައަޅައި ޙުކުމް އިއްވާ ހަދަނީ ކޮންފަދަ ގަދަފަދަ ބާރަކައިގެންތޯ: ތޭރަ

    0 shares
    Share 0 Tweet 0
  • ”އަމިއްލަ ގެދޮރުހުރެ، ގެއިން ބޭރުކޮށްލެވިފައި“

    0 shares
    Share 0 Tweet 0
  • އިންތިޚާބު ބޯމަތިވީމަ ފްލެޓް ދޮންބެއާއި، ބަފާބެއާއި، މައިދައިތައާއި ހިވަނީ އެހެންކަމެއްހެން: މޫސަ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In