ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭން ނިންމާފައިވާ ބިރުވެރި ފިލްމު ”ބަޅިނދު“ ގެ ކެރެކްޓަރ ޕޯސްޓަރުތައް ދައްކާލައިފިއެވެ.
ފިލްމު ”ބަޅިނދު“ ގެ މުހިންމު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު، މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ފިލްމު ”ބަޅިނދު“ ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު ”ގޮށްރާޅު“ ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.
މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތައުފީގެވެ.
މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޭބަލްގައި އުފައްދާ 14ވަނަ ފިލްމެވެ.