ކުރެއްދޫ ރިސޯޓުން އިތުރު މީހަކު ޕޮޒިޓިވްވެ ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.
އެޗްޕީއޭއިން މިކަން އިއުލާނުކުރީ ދާދި ދެންމެ ކުރި ޓުވީޓެއްގަ އެވެ.
އެގޮތުން ކުރެއްދޫ ރިސޯޓުގެ 10 މީހަކު ޓެސްޓު ކުރި ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ. މި 10 މީހުންގެ ތެރެއިން ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށާއި އަނެއް ނުވަ މީހުން މި ބައްޔަށް ނެގެޓިވް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ޓެސްޓު ކުރި 10 މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބިދޭސީއެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އަދި މިހާރު އެމީހާ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސެލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ ހުސް ބިދޭސީންނެވެ.