ބުރާސްފަތި, ފެބްރުއަރީ 25, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
މާރޗް 15, 2020
ޚަބަރު
0
މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް، އެޗުޕީއޭއިން ނިންމައިފި އެވެ.

ADVERTISEMENT

މިހާރު ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެޗުޕީއޭއިން މި ގޮތަށް ނިންމާ ކުރި އިއުލާނެއްގައި ބުނީ މިރޭ 12 އިން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާއަށް މޭލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ހޮޓަލާއި ގެސްޓްހައުސްތަކަށް ބިދޭސީ އެއްވެސް ދަތުރުވެރިޔަކު ޗެކިން ކުރެވިގެން ނުވާނެ ކަމަށެވެ.

”މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓެލްތަކުން މިރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިޔަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގަމެވެ،“ ޓްވިޓާ މެދުވެރިކޮށް އެޗުޕީއޭ އިން ނެރުނު އިއުލާންގައި ބުނެފައިވެ އެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބި ޓޫރިސްޓުންގެ ހަދާފައިވާ ބުކިންގެ މުއްދަތުގައި އެ މީހުންނަށް ތިބެވޭނެ އެވެ.

މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސަރުކާރުން އެޅި އެންމެ ބޮޑު ފިޔަވަޅެވެ. މީގެ ކުރިން ވަނީ ރިސޯޓްތައް އެކަހެރިކޮށް، އަދި ރިސޯޓްތަކުން އެއްވެސް މީހަކު އެހެން ރަށްރަށަށް ދިއުން މަނާކޮށްފަ އެވެ.

އެޗުޕީއޭގެ ނިންމުން މި އައީ ރިސޯޓްތަކުން ކޮރޯނާވައިރަަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު މިއަދު 10 އަށް އަރާފައި ވަނިކޮށެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އެކަމަކު އެއީ ޓޫރިސްޓުންކަމެއް ނުވަތަ ރިސޯޓްތަކުގައި އުޅޭ ބިދޭސީ މުވައްޒަފުންކަމެއް، އެޗުޕީއޭއަކުން ނުބުނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލަފާއަރުވަނީ މައިމޫނާ އެވެ. އަދި ހެލްތު މިނިސްޓަރުގެ މަޝްވަރާތަކާ އެކު އެ ފިޔަވަޅުތައް އޭނާއަށް އިއުލާންކުރެއްވެ އެވެ.

ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހާރު އެންމެ ނުރައްކާތެރީ ޔޫރަޕް ސަރަހައްދެވެ.

ޑަބްލިޔުއެޗުއޯއިން ބުނީ ޗައިނާގައި އެ ވައިރަސް އެންމެ ބާރަށް ފެތުރުނު އިރު، ދުވާލަކު ފެންނަ ކޭސްތަކަށް ވުރެ ޔޫރަޕުން މިހާރު ފެންނަ ބަލިމީހުންގެ އަދަދު ގިނަ ކަމަށެވެ. އިއްޔެ އެކަނި ވެސް އިޓަލީން ވަނީ 280 މީހުން، ކޮވިޑް-19 ގައި މަރުވެފަ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިގެން އުޅެނީ ވެސް އިޓަލީން އައި ޓޫރިސްޓެއްގެ ސަބަބުންނެވެ.

Tags: ކޮރޯނާކޮވިޑް 19

ގުޅުންހުރި ލިޔުންތައް

ހުރިހައި ބާރެއް ރައްޔިތުންގެ އަތްމައްޗަށް ދޫކުށްލުމަކީ ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް: ރައީސް

ހުރިހައި ބާރެއް ރައްޔިތުންގެ އަތްމައްޗަށް ދޫކުށްލުމަކީ ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް: ރައީސް

ފެބްރުއަރީ 25, 2021
އައްޑޫ ސިޓީ: އިތުރު 05 މީހުން ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފެބްރުއަރީ 25, 2021
ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ފެބްރުއަރީ 25, 2021
އެމްއެންޑީއެފް އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

އެމްއެންޑީއެފް އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

ފެބްރުއަރީ 25, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ގެމަނަފުށި: ކުލާހުގައި ތިއްބައި ރޫޙާނީކަމެއް ދިމާވުމުން 06 ދަރިވަރަކަށާއި، މުދައްރިސަށް ފަރުވާދެނީ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In