ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ސަރުކާރުން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
މީގެ ކުރިން ސަރުކާރުން ނިންމީ، މި މަހުގެ 22 ވަނަ ދުވަހަށް ސްކޫލްތައް ހުޅުވުން ލަސްކުރާށެވެ.
ސަރުކާރުން މިއަދު އާންމުކުރި ގޮތުގައި، ސްކޫލްތައް ހުޅުވާނެ ތާރީހު އަނެއްކާ ވެސް އިތުރު ހަފްތާއަކަށް ލަސްކުރަން ނިންމާފައިވާ ކަމަށެވެ.