އަންގާރަ, މާރޗް 2, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދިވެހިން އަވަހަށް ”ގޭބަންދު ކުރަން“ ޑޮކްޓަރުން ގޮވާލައިފި

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
މާރޗް 16, 2020
ޚަބަރު
0
ދިވެހިން އަވަހަށް ”ގޭބަންދު ކުރަން“ ޑޮކްޓަރުން ގޮވާލައިފި

ރާއްޖެއަށް ބޭރު ގައުމުތަކުން މީހުން ނާދެވޭ ގޮތަށް ބަންދު ކުރުމަށާއި، ގައުމުގެ އެތެރޭގައި ތިބި މީހުން ވެސް ގެއިން ނިކުތުން މަނާކޮށް މުޅި ގައުމު އެއްކޮށް ލޮކްޑައުން ކުރަން ނުވަތަ ބަންދު ކުރަން ބައެއް ޑޮކްޓަރުން މީސްމީޑިއާގައި ގޮވާލައިފިއެވެ.

ADVERTISEMENT

އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގޯހަކުން ދަސްކޮށް ރަނގަޅު ކުރުމަށް ވުރެ، އެހެން މީހުން ހަދާ ގޯހުން ފިލާވަޅު ދަސްކޮށް ރަނގަޅު ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށެވެ. ”މިހާރު ވެސް މި ދައްކަނީ އިޓަލީން މީހުން އައުން މަނާ ކުރެވުނުލެއް ލަހޭ. ބަލި މީހުން ގިނަ ވީމާ ފަރުވާ ދިނުން ކީއްކުރަން، ޓެސްޓުވެސް ނުކުރެވޭނެ. އެންމެން ބަންދަށް“ ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހާއްސަ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލި ފެތުރިއްޖެކަން ކަށަވަރުވަންދެން ކަމަށެވެ.

”ހެކި ފެނުމުން ލޮކްޑައުން މިކުރަނީ. އެގައުމުތަކުން ފަހުން ބުނި ހަފްތާއެއް ނުވަތަ ދެހަފްތާ ކުރިން ލޮކްޑައުން ކުރެވުނު ނަމައޭ. ދެން އެ ގޯސް ނުހަދަން އެހެން ގައުމުތަކަށް ނަސޭހަތްދޭ. ނަމަވެސް ދުވަސްކޮޅެއް ފަހުން އަނެއްކާ މިފެންނަނީ ކުރިން ގައުމުތަކުން ހެދި ގޯސް އަނެއްކާ އަނެއް ގައުމުން ތަކުރާރު ކުރާ ތަން.“ ޑރ.ނިޔާފް ވިދާޅުވިއެވެ.

އެހެން ބައެއް އާއްމުން ވެސް ގެންދަނީ އަވަހަށް ރާއްޖެ ލޮކްޑައުން ކުރަން ގޮވާލަމުންނެވެ.

ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.

”މިއީ އެންމެންނަށްވެސް ވަރަށް އުނދަގޫ ވަގުތުކޮޅެއް. އެކަމަކު އެންމެ ފައިދާ ބޮޑީ، މިހާރު ކުރިމަތިވެފައިވާ ހަގީގަތް ގަބޫލުކުރުން،“ ޑރ.މުހައްމަދު އަލީ ވިދާޅުވި އެވެ.

ވަރަށް ގިނަ އާންމުން ވެސް ގެންދަނީ މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރުން އެފިޔަވަޅު ނޭޅި ނަމަވެސް އާއްމުން އަމިއްލައަށް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ގޭގައި ތިބުމަށް ވެސް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުން ނިސްބަތްވާ ގައުމުތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. ރާއްޖެ އަށް އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާ ކުރީ އިޓަލީވިލާތް މެދުވެރިވެގެން ވަރަށް ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނު ފަހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

25 ދުވަސްތެރޭ 98،000 މީހުން ވެކްސިން ޖަހައިފި

ވެކްސިން ޖެހި މީހުންގެ ޢަދަދު 123،000 އިން މައްޗަށް

މާރޗް 2, 2021
ޢަދަދުތައް މަދެއްނުވޭ، މިއަދު ވެސް 165 މީހުން ޕޮޒިޓިވްވެއްޖެ

ޢަދަދުތައް މަދެއްނުވޭ، މިއަދު ވެސް 165 މީހުން ޕޮޒިޓިވްވެއްޖެ

މާރޗް 2, 2021
08 މީހުންނާއެކު ދަތުރުކުރި ބޯޓެއް އުރިއްޖެ

08 މީހުންނާއެކު ދަތުރުކުރި ބޯޓެއް އުރިއްޖެ

މާރޗް 2, 2021
މަސް ފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު: މެނޭޖަރު ޒަޔާން

މަސް ފެންގަނޑަކަށް ވެއްޓުނު ތުއްތު ކުއްޖާގެ ހާލު ރަނގަޅު: މެނޭޖަރު ޒަޔާން

މާރޗް 2, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • އަނިޔާ ކުރިކަމަށްް ބުނެ، ދައުރުކުރަމުންދާ ފޮޓޯގެ ޙަޤީޤަތް، ސީޕީ ޙަމީދު ހާމަކޮށްދެއްވައިފި

    0 shares
    Share 0 Tweet 0
  • ޝައިޚުން ނިކުމެ، އުސްތާޛު މައުމޫން ވަރަށް ބޮޑަށް ލަދުގަންނަވާލައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In