DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ވިލިވަރަށް ފުރަތަމަ ގެންދިޔަ ކުއްޖާ: ހިލޭ ޗުއްޓީއަކާ އެކު އެނބުރި ގައުމަށް

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
މާރޗް 16, 2020
ޚަބަރު
0
ވިލިވަރަށް ފުރަތަމަ ގެންދިޔަ ކުއްޖާ: ހިލޭ ޗުއްޓީއަކާ އެކު އެނބުރި ގައުމަށް

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމާ އެކު، އެ ބަލި ރާއްޖެ އަށް ވެސް އަންނާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އެވެ. އެކަމަކު ރާއްޖޭން އެ ބައްޔަށް އެންމެ ފުރަތަމަ ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ތުއްތު މި ކުއްޖާ ހިމެނި، ދަރިފުޅު ކަރަންޓީނު ކުރާނެ ކަމަކަށް އޭނާގެ މައިންބަފައިން އުއްމީދެއް ނުކުރެ އެވެ.

ADVERTISEMENT

އިޓަލީގެ މި ދެމަފިރިން ވ. ތިނަދު އަށް ދިޔަ ޗުއްޓީ ކުރުކޮށްލަން ޖެހުނީ ތުއްތު ކުއްޖާ އެ ރޯގާއަށް ޝައްކުކޮށް، ކަރަންޓީނު ކުރަން ޖެހުމުންނެވެ. މިއީ މި ރޯގާއަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބައިތިއްބުމަށް ކ. ވިލިވަރުގައި ގާއިމު ކުރި ތަނުގައި ކަރަންޓީނު ކުރި ފުރަތަމަ ކުއްޖާ އެވެ. ޓެސްޓު ނެގެޓިވްވި ނަމަވެސް، މިއީ އެ މީހުން ސިފަ ކުރިގޮތުގައި ”އުއްމީދުނުކޮށް ހުއްޓާ ކުރިމަތިވި ބަދުނަސީބު ހާދިސާ“ އެކެވެ.

ކަރަންޓީނުގެ 14 މުއްދަތު ހަމަވުމުން މިއަދު އެ އާއިލާ އެނބުރި ގައުމަށް ފުރައިފި އެވެ. އެކަމަކު އެނބުރި ރާއްޖެ އައުމަށް އެދި ހިލޭ ދިން ޗުއްޓީއަކާ އެކު އެވެ.

”އަހަރުމެންގެ މި ފެއަރީޓެއިލްގެ އާ ސަފުހާއެއް ލިޔުމަށް 2021 އަދި ރާއްޖެ އަންނާނަން. ސަނީސައިޑްއޮފްލައިފްގައި ޗުއްޓީ ހޭދަކުރާނީ ފަންތަކުގެ ރާގާއި މޫދުގެ ލަވައާ އެކުގައި،“ އާއިލާއަށް ހަދިޔާއަކަށް ދިން، ދޯންޏެއްގެ ރިޔަލުގައި ލިޔެފައި ވެ އެވެ.

އާއިލާއިން އަންނަ އަހަރު ރާއްޖެ އަންނަން ބޭނުންވުމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ދަތުރު ސްޕޮންސާކޮށްފަ އެވެ. މިއީ އެ އާއިލާއިން އުފުލި ތަކުލީފަށް ރާއްޖޭގެ ފަރާތުން ދިން ހަދިޔާ އެކެވެ.

އެއާޕޯޓުން އެ އާއިލާއާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައްދަލު ކުރެއްވި އެވެ. އަދި އިޓަލީ އަށް ރާއްޖޭގެ ފަރާތުން ހެޔޮދުއާ ކުރެއްވި އެވެ.

ނުރައްކާތެރި ރޯގާގެ ބިރު ބޮޑުވެ، އިޓަލީ ހިމެނޭ ގޮތަށް އެހެން ބައެއް ގައުމުތަކުން ވެސް ޓޫރިސްޓުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ. އެއާ އެކު ޓޫރިޒަމްގެ ވިިޔަފާރި ދަށްވެ، ރާއްޖޭގެ އިގްތިސާދަށް ވަނީ ލޮޅުން އަރައިފަ އެވެ. އެކަމަކު، ރާއްޖެ ދޫކޮށް ދިޔަ ޓޫރިސްޓުން ދައްކައިދިނީ އަދިވެސް އެ މީހުންގެ ހިތުގައި މި ގައުމަށް އޮތް ލޯތްބެވެ.

ކޮވިޑް-19 ރޯގާ އަށް ކުޑަކުއްޖާ ޝައްކު ކުރެވުމާ އެކު، ސަރުކާރުން ވަނީ ތިނަދުއަށް އަރައި ފޭބުން މަނާކޮށްފަ އެވެ. މިއީ މި ރޯގާއާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކަށް އަރައި ފޭބުން މަނާކުރި ފުރަތަމަ ފަހަރެވެ.

އޭގެ ކުރިން، ޅ. ކުރެއްދޫގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވުމުން، އެ ރިސޯޓް ބަންދު ކުރި އެވެ.

ކޮވިޑް-19 އަށް މި ވަގުތު ރާއްޖެ އިން 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ. ދެން ހިމެނެނީ އެ ޓޫރިސްޓުންނާ ކޮންޓެކްޓްވި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ޖެނުއަރީ 27, 2021
މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުވާން މަޖުބޫރުކޮށްފި

މާލެއިން ރަށްރަށަށްދާ މީހުން ކަރަންޓީނުވާން މަޖުބޫރުކޮށްފި

ޖެނުއަރީ 27, 2021
މާލޭ ސަރަހައްދުގައި އަނެއްކާ ވެސް ކާފިއު އިއުލާނުކޮށްފި

މާލޭ ސަރަހައްދުގައި އަނެއްކާ ވެސް ކާފިއު އިއުލާނުކޮށްފި

ޖެނުއަރީ 27, 2021
ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ކުޑަކުދިންތަކަކަށް ހަމާލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް

ޖެނުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In