ދިވެހި ދަރިވަރުންނަށް މެއި، ޖޫންގައި އޮންނަ އިމްތިހާނާއި މެދު ގޮތެއް ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މެއި، ޖޫންގައި އޮންނަނީ އޭލެވަލް އިމްތިހާން އެކަންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ސްކޫލުތައް ބަންދުކޮށް މި ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ ޖޫން ގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރުމުން މިއަދު ކުރި ޓްވީޓެއްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިނގިރޭސިވިލާތުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައި ވީނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރުނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މެއި ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ރޭ ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ މޭ ޖޫންގައި ބާއްވާ ޖީސީއެސްސީ އާއި އޭލެވެލް އިމްތިހާނު ކެންސަލް ކޮށްފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ދެންމެ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ މޭ ޖޫންގައި ބާއްވާ ޖީސީއެސްސީ އާއި އޭލެވެލް އިމްތިހާނު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި އެގައުމުގެ ހުރިހާ ސްކޫލް ތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.
ބޮރިސް ވިދާޅުވީ ސްކޫލްތައް ބަންދުކުރީ ރޯގާގެ ހާލަތު ރަނގަޅުވުމުން ނޫނީ ނުހުޅުވާ ގޮތަށް، ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. މި ނިންމުމާ އެކު، އިންގްލެންޑާއި ވޭލްސް އަދި ސްކޮޓްލެންޑުގެ ސްކޫލްތައް ހުކުރު ދުވަހުން ފެށިގެން ބަންދުވާނެ ކަމަށާއި، ނޮދަން އަޔަލެންޑުގެ ސްކޫލްތައް ހޯމަ ދުވަހުން ފެށިގެން ބަންދުވާނެ ކަމަށްވެސް ބޮރިސް ވަނީ ވިދާޅުވެފައެވެ.
ބޮރިސް ވިދާޅުވީ ސްކޫލްތައް ބަންދުކުރީ ރޯގާގެ ހާލަތު ރަނގަޅުވުމުން ނޫނީ ނުހުޅުވާ ގޮތަށް، ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.