ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނީ، ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއް އެ އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ވަންދެން ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބެފައި އެނބުރި ރާއްޖެ އަންނަ ދިވެހިން ވެސް މި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.