އަވަށްޓެރި ސްރީ ލަންކާ އިން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާކޮށްފިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ރާއްޖެ ހިމެނޭހެން ދުނިޔޭގެ 185 ޤައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ. އަދި ޖުމްލަ 276474 މީހަކު މި ވައިރަސް އަށް މިހާތަނަށް ފައްސި ވެފައިވާއިރު، ވައިރަސް ޖެހިގެން 11417 މީހަކު ވަނީ މަރުވެފައެވެ.