ހޮނިހިރު, ފެބްރުއަރީ 27, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

މަހަކު 43 މިލިއަން ޚަރަދުކުރާ ޓްރީޓޮޕް ސަރުކާރަށް ދިނީ ހިލޭ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
މާރޗް 26, 2020
ޚަބަރު
0
މަހަކު 43 މިލިއަން ޚަރަދުކުރާ ޓްރީޓޮޕް ސަރުކާރަށް ދިނީ ހިލޭ

ޗަންޕާ ބްރަދާސްގެ ބޮޑު ޙިއްސާ އޮވެގެން ހުޅުމާލޭގައި ހިންގާ ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް19 އާއި ގުޅިގެން އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ދީފައިވަނީ ސަރުކާރުން ބަދަލުގައި އެއްވެސް ޚަރަދެއް ދޭން ނުޖެހޭގޮތަށްކަން ”ވަގުތު“ އަށް ކަށަވަރުވެއްޖެއެވެ.

ADVERTISEMENT

ޓްރީޓޮޕް ހޮސްޕިޓަލްގެ ބޯޑުން މިކަން ނިންމާފައިވާގޮތް އެނގޭ ފަރާތަކުން ”ވަގުތު“ އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ޙާލަތުގައި އެމަރޖެންސީގައި ޓްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރަން ސަރުކާރުން އެދުމުން، ހޮސްޕިޓަލްގެ ބޯޑުން މިމަހު 25 ވަނަ ދުވަހު ނިންމާފައިވަނީ، ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ގާތްގަނޑަކަށް ހިނގާ ޚަރަދުކަމުގައިވާ 2.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ) ވެސް ހޮސްޕިޓަލުގެ އޯނަރުން މަހުންމަހަށް ކުރަމުންދާގޮތަށް ސަރުކާރުގެ ބޭނުންތަކަށް ހޮސްޕިޓަލް ދޫކުރާގޮތަށެވެ.

މިގޮތަށް ޓްރީޓޮޕްގެ ބޯޑުން މިކަން ހަމަޖެއްސުމުން، ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައިވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެކު ޖުމްލަ 400 ވަރަކަށް މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދުތައް ކުރާނީ ހޮސްޕިޓަލްގެ އޯނަރުންނެވެ. މި 400 މުވައްޒަފުންގެ ތެރޭގައި 38 ޑޮކްޓަރުންނާ، 21 މެޑިކަލް އޮފިސަރުންނާ، 121 ނަރުހުން ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ހޮސްޕިޓަލް ހިންގުމުގައި ބޭނުންވާނެ އަސާސީ ހުރިހާކަމެއްވެސް ކޮށްދޭނީ ޓްރީޓޮޕްގެ އޯނަރުންގެ ފަރާތުންނެވެ. ހޮސްޕިޓަލްގެ ބޯޑުގެ މުޅި ނިންމުމަކީ، ކޮވިޑް19 ގެ ނުރައްކާތެރި ޙާލަތުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ޓްރީޓޮޕް ހޮސްޕިޓަލް ދިވެހި ސަރުކާރާ ޙަވާލުކޮށްގެން ހިނގާ ހުރިހާ ޚަރަދެއް ހޮސްޕިޓަލްގެ އޯނަރުންގެ ފަރާތުން ކޮށްދިނުމެވެ.

ޗަމްޕާ ބްރަދާސްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) ޓްރީޓޮޕްގައި

ކޮރޯނާ-19 އިން ރައްޔިތުން ސަލާމަތް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުން

  • ކޮވިޑް19 އާއި ގުޅިގެން އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް ދިވެހި ސަރުކާރަށް ޓްރީ ޓޮޕް ދީފައިވަނީ ސަރުކާރުން ބަދަލުގައި އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް
  • ކޮންމެ މަހަކު ހޮސްޕިޓަލް ހިންގުމަށް މިހާރު ހިނގާ ޚަރަދުކަމުގައިވާ 2.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 43 މިލިއަން ރުފިޔާ) ޚަރަދު ކުރާނީ ހޮސްޕިޓަލުގެ އޯނަރުން
  • ހޮސްޕިޓަލް ހަވާލު ކުރީ 400 ވަރަކަށް މުވައްޒަފުންނާއި އެކު، މުވައްޒަފުންނަށް ޚަރަދު ކުރާނީވެސް ހޮސްޕިޓަލްގެ އޯނަރުން

ކޮވިޑް-19 ގެ ވަބާއިން ސަލާމަތްވުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ކުއްލި ޙާލަތުގައި މަސައްކަތްކުރަމުންދާ މިޙާލަތުގައި، އަމިއްލަ ބޮޑު ހަސްފަތާލެއް މުވައްޒަފުންނާ، ޕްރޮފެޝަނަލް ޑޮކްޓަރުންނާ، ހުރިހާ ވަސީލަތްތަކާ ހިންގުމުގެ ޚަރަދުތަކާވެސް އެކު ޤައުމެއްގެ ސަރުކާރާ ޙަވާލުކުރަން ނިންމުން މިއީ ރާއްޖޭގައި ހިނގި ވަރަށް ޚާއްޞަ ކަމެއްކަން ފާހަގަކުރެވެއެވެ.

ހޮސްޕިޓަލްގެ ހުރިހާ ވަސީލަތްތައް އެއްވެސް އަގެއް ނެގުމަކާނުލައި ސަރުކާރަށް ދިނުމުގެ އިތުރަށް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރާ ރައްކައުތެރި 150 ހެދުން އެ ހޮސްޕިޓަލްގެ ފަރާތުން ވަނީ ސަރުކާރަށް ހަދިޔާކޮށްފައެވެ. އަދި އިތުރު 2000 ހެދުން ސަރުކާރަށް ހަދިޔާކުރުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެއިން ބޭރުން ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލްއިން ދިވެހި ސަރުކާރަށް އެއްބާރުލުން ދިނުމަށް މި ނިންމި ދީލަތި ނިންމުމާއެކު، އެ ހޮސްޕިޓަލަށް ޞިއްހީ އެމަރޖެންސީ ޙާލަތުގެ ކަންކަން ރާއްޖޭގައި ބަލަހައްޓާ ޓާސްކް ފޯހުން ޒިޔާރަތްކޮށް، ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލުކޮށް، ސަރުކާރުން ހޮސްޕިޓަލާ ޙަވާލުވާ ޙާލަތުގައި ކަންކަން ގެންދާނެގޮތް މިހާރުވަނީ އިންތިޒާމުކޮށްފައެވެ.

ޞިއްޙީ އިމަރޖެންސީ ޙާލަތާ ގުޅިގެން ސަރުކާރުން ސިލްސިލާކޮށް ބާއްވަވާ ނޫސްވެރީންގެ ބައްދަލުވުންތަކުގައި، އަމިއްލަ ބައެއް ފަރާތްތަކުން ދޭ އެހީތެރިކަމުގެ ވާހަކަ ފާހަގަކުރެއްވި ކަމުގައި ވީނަމަވެސް، ރާއްޖޭގައި ހިނގަމުންދާ އެންމެ ބޮޑު އެއް އަމިއްލަ ހަސްފަތާލު ޓްރީޓޮޕް ހޮސްޕިޓަލް އިން، މަހަކު 43 މިލިއަން ރުފިޔާގެ ހިންގުމުގެ ޚަރަދާ، ބޭސްފަރުވާ ކުރުމުގައި ހިނގާނެ އިތުރު ޚަރަދުތައްވެސް ހޮސްޕިޓަލުގެ އޯނަރުންގެ ފަރާތުން ކޮށްދޭގޮތަށް، އެމަރޖެންސީ ޙާލަތުގައި މުޅި ހޮސްޕިޓަލް ހުރިހާ މުވައްޒަފުންނާ ވަސީލަތްތަކާއެކު ސަރުކާރާ ޙަވާލުކުރަން ނިންމިކަން މިހާތަނަށް ފާހަގަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ނިޔާވެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ނިޔާވެއްޖެ

ފެބްރުއަރީ 27, 2021
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ފެބްރުއަރީ 27, 2021
ޓްރެވަލް އެޖެންސީ ހިންގަން އޮފީހެއް ހުރުން ލާޒިމެއް ނޫން- ޓޫރިޒަމް މިނިސްޓްރީ

ޓްރެވަލް އެޖެންސީ ހިންގަން އޮފީހެއް ހުރުން ލާޒިމެއް ނޫން- ޓޫރިޒަމް މިނިސްޓްރީ

ފެބްރުއަރީ 27, 2021
ޑޮލްފިން ކެފޭ އާއި އިންވެގެން ހުރި ގުދަންތައް ހުސްކުރަން އަންގައިފި

ޑޮލްފިން ކެފޭ އާއި އިންވެގެން ހުރި ގުދަންތައް ހުސްކުރަން އަންގައިފި

ފެބްރުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    ދިވެހި ފިރިހެނުންތަކެއްވެގެން ރިސޯޓެއްގައި އަންހެންކުއްޖަކު ރޭޕްކޮށްލައިފި

    0 shares
    Share 0 Tweet 0
  • ”ބަޑިގުދަނުގައި ހުރި ހަތިޔާރުތައް ހިބަޅިދުއަށް ގެންދިޔަ ދެ މީހުންނަކީ މިއީ“

    0 shares
    Share 0 Tweet 0
  • މި ދެ ކަނބަލުންގެ ނަސޭހަތް އަޑުއެއްސެވުމަށް މިނިސްޓަރު ޔުމްނާ ގޮވާލައްވައިފި

    0 shares
    Share 0 Tweet 0
  • ކޯވީޑް ވެކްސިން ނުޖަހާ މީހުންނާމެދު ފިޔަވަޅަން ނިންމައިފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In