DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ޖަލުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރާއިރު އޮފިސަރުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކުރަން ނިންމައިފި

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ޖޫން 17, 2020
ޚަބަރު
0
ޖަލުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރާއިރު އޮފިސަރުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކުރަން ނިންމައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ފޮޓޯ: ރާއްޖެ އެމްވީ

ޖަލުތައް ބަހަައްޓާ ޕްރިޒަންސް އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ވިދާޅުވީ، ޖަލުގައި އޮފިސަރުން ހިންގާ ރައިޑް ތައް މޮނީޓާ ކުރުމުގެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެފަދަ ރައިޑްތަކުގައި ބައިވެރިވާ އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމަށް ނިއްމައިފައިވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ވިދާޅުވިއެވެ.

ADVERTISEMENT

އޭނާ ވިދާޅުވީ އޮފިސަރުންގެ ގައިގައި ބޮޑީ ކެމް ހަރުކުރުމާއި ގުޅޭގޮތުން ފުލުހުންނާއި ވެސް ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަކީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނައި އެކަމަށް ބޭނުންވާ ތަކެތި ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ދެ ގޮތަކަށް އެ އެއްޗެހި ގެނައުމުގެ މަސައްކަތް ކުރުމަށް މި ވިސްނަނީ. މިއަހަރުގެ ތެރޭގައި ވިސްނައިގެން މިތިބީ ޕައިލެޓް ޕްރޮޖެކްޓެއްގެ ތެރެއިން ކޮންމެ ވެސް މިންވަރެއް އޮފިސަރުންނަށް ބޭނުންކުރަން ގެނެވޭނެ ކަމަށް. މިމަސައްކަތަކީ މިހާތަނަށް ޕްލޭން ކުރެވިފައިވާ މަސައްކަތަކަށް ނުވާތީ، އިރާދަކުރެއްވިޔާ 2021 ވަނަ އަހަރު ފެށޭއިރު ބަޖެޓްގައި މިބައި ހިމަނަައިގެން އިތުރަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނަން. މިއަހަރު ތެރޭގައި މިމަސައްކަތް ޕައިލެޓްކޮށް ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ގައިގައި ބޮޑީ ކެމެރާ ހަރުކޮށް މިކަހަލަ އިންސެޑެންޓްތަކުގައި މޮނީޓާކުރެވޭނެ ނިޒާމެއް ގެންނާނަން“ ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ޖަލުގައި ޖަހާ ރައިޑްތަކުގައި އޮފިސަރެއްގެ ފަރާތުން ގައިދީއަކަށް އަނިޔާވެއްޖެނަމަ ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ކުރިއަށް ތަނުގައި މިފަދަ ހާލަތްތަކުގައި އޮފިސަރުން އަމަލުކުރާނީ ވަރަށް ޕްރޮފެޝަނަލްކޮށް. އެއްވެސް މީހަކަށް އަނިޔާނުވާ ގޮތަށް، އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއް ނެތް ގަސްތުގައި އަނިޔާ އެއް ދޭކަށް. އެފަދަ ކަމެއް ހިގާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަން މިތިބީ ތައްޔާރަށް.“ ކޮމިޝަނަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އަދުރޭގެ ޝާޢިރިއްޔާތުގެ ހުރި ފަށުވިކަން ދައްކަވާލައްވައި، ސަރުކާރަށް މެސެޖުދެއްވީ ޅެމަކުން

އަދުރޭގެ ޝާޢިރިއްޔާތުގެ ހުރި ފަށުވިކަން ދައްކަވާލައްވައި، ސަރުކާރަށް މެސެޖުދެއްވީ ޅެމަކުން

ޖެނުއަރީ 22, 2021
ފިނޮޅު ސުންނާފަތި ކުރަމުންދިޔަ މީހުން ހުއްޓުވައި، މައްސަލައިގެ ތަޙްޤީޤު ފަށައިފި

ފިނޮޅު ސުންނާފަތި ކުރަމުންދިޔަ މީހުން ހުއްޓުވައި، މައްސަލައިގެ ތަޙްޤީޤު ފަށައިފި

ޖެނުއަރީ 22, 2021
މިއީ ބިރުން ރަޖާއަޅާ ޒަމާނެއް ނޫން: ޝައިޚް ޒައިދު

”ޔޯގާ“ ގެ ޙަޤީގަތަކީ މިއީ: ޝައިޚް ޒައިދު

ޖެނުއަރީ 21, 2021
ރ.ޔާމިނަށް އަނިޔާކުރަނީ މޯދީގެ އޯޑަރަށްކަމަށް ވިދާޅުވެއްޖެ

ރ.ޔާމިނަށް އަނިޔާކުރަނީ މޯދީގެ އޯޑަރަށްކަމަށް ވިދާޅުވެއްޖެ

ޖެނުއަރީ 21, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In