DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ފެންބިލުގެ ޖޫރިމަނާ މަޢާފްކުރެވޭނެ އުޞޫލެއް ހަމަޖައްސައިފި

ދިޑެއިލީ ލިޔުނީ: ދިޑެއިލީ
ޖޫން 18, 2020
ޚަބަރު
0
ފެންބިލުގެ ޖޫރިމަނާ މަޢާފްކުރެވޭނެ އުޞޫލެއް ހަމަޖައްސައިފި

ފެންބިލުގެ ޖޫރިމަނާއަށް އަރާފައިވާ އަދަދު އެއްކޮށް ނުވަތަ ވަކި އަދަދެއް މަޢާފް ކުރެވޭނެ ގޮތް މާލޭ ވޯޓަރ ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ހަމަޖައްސައިފިއެވެ.

ADVERTISEMENT

އެމްޑަބްލިޔުއެސްސީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކުމުގައި ދިމާވާ ދަތިތަކަށް ލުއި ދިނުމަށް 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު އެކުންފުނިން ޚާއްސަ ޕްރޮގްރާމެއް ފަށާފައިވާ ކަމަށާއި، ނަމަވެސް ކޮވިޑް-19 އާއި ގުޅިގެންއައި ފުރަބަންދުގެ ސަބަބުން ގިނަ ކަސްޓަމަރުންނަށް އެ ފުރުޞަތުގެ ބޭނުން ނުހިފޭކަން އެކުންފުންޏަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެކުންފުނިން ވިދާޅުވެފައިވަނީ އެހެން ކަމުން މި ޕްރޮގްރާމް އަލުން ކުރިޔަށް ގެންދިއުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ. އެގޮތުން ފެންބިލުގެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުން ތަހައްމަލް ކުރަންޖެހިފައިވާ ދަތިތަކަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން، އެކުންފުނިން ތަޢާރަފްކޮށްފައިވާ “ދަރަންޏަށް ލުޔެއް” ޕްރޮގްރާމްގެ މުއްދަތު 17 މާރިޗު 2021 ގެ ނިޔަލަށް ވަނީ އިތުރު ކޮށްފައެވެ.

“17 މާޗިރު 2021 ގެ ކުރިން ފެންބިލަށް ދައްކަވާ ފައިސާގެ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މަޢާފްކުރެވިގެން ދާނެ” އެކުންފުނިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

2019 ވަނަ އަހަރު ޑިސެންބަރު މަހު އެކުންފުނިން ވިދާޅުވެފައިވަނީ ކަސްޓަމަރުންގެ ފަރާތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑުއަދަދެއް ނުލިބިވާކަމަށެވެ.

އެ ކުންފުނިން ވިދާޅުވެފައިވަނީ ކުންފުނީގެ ޚިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކެވުމަކީ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަމަށެވެ. އަދި އެކުންފުނިން ގެނެސްފައިވާ ހެޔޮބަދަލާއެކު މި ފުރުޞަތުގެ ބޭނުން ކުރައްވައި ދަންކަވަންޖެހިލައްވާ ފައިސާއާއިމެދު ގޮތެއް ނިންމެވުމަށްފަހު ދަރަނި ޚަލާސްކުރުމަށް އެދޭކަމުގައި އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

އެކުންފުނިން ވިދާޅުވެފައިވަނީ 50،000 ރުފިޔާގެ ފެންބިލެއް ނުދައްކައި 66 މަސް ވުމުން 134،749 ރުފިޔާ އަރާނެކަމަށާއި، މި އުޞޫލުގެ ދަށުން ފެންބިލަށް އަރާފައިވާ 50،000 ރުފިޔާ އެއްކޮށް ދައްކައިފިނަމަ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ރުފިޔާ އެއްކޮށް މާފްކުރެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން ފެންބިލަށް އަރާފައިވާ 50،000 ރުފިޔާގެ %30 އަށްވާ 15,000 ރުފިޔާ ދެއްކުމުން ޖުރިމަނާގެ %30 ކަމަށްވާ 55،424.70 ރުފިޔާ މާފް ކުރެވިގެންދާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. އަދި ކަސްޓަމަރު ބޭނުން ފުޅުނަމަ، ފަސޭހަ އަދަދެއް ދެއްކެވުމަށްފަހު ބާކީ ޖުމްލަ އަދަދު މަހުންމަހަށް ބަހާލައިގެން ދައްކާ ޚަލާސްކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

ގުޅުންހުރި ލިޔުންތައް

މިއަށް ރެސްޕެކްޓް ނުކުރެވެންޏާ ޑިމޮކުރަސީއޭ، ފަރުދީ މިނިވަންކަމޭ ނުކިޔަބަލަ: ޝާޒް

މިއަށް ރެސްޕެކްޓް ނުކުރެވެންޏާ ޑިމޮކުރަސީއޭ، ފަރުދީ މިނިވަންކަމޭ ނުކިޔަބަލަ: ޝާޒް

ޖެނުއަރީ 27, 2021
ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފި

ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފި

ޖެނުއަރީ 27, 2021
ކާފިއު އިއުލާންކުރީ ކައުންސިލް އިންތިޚާބު އަނެއްކާވެސް  ފަސްކުރުމަށް ބަހަނާހަދަން: ހިސްޓޯ

ކާފިއު އިއުލާންކުރީ ކައުންސިލް އިންތިޚާބު އަނެއްކާވެސް ފަސްކުރުމަށް ބަހަނާހަދަން: ހިސްޓޯ

ޖެނުއަރީ 27, 2021
ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ދައުލަތުގެ ޚަރަދުގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ ގޮތް ރ.ޔާމިން ހަމަޖައްސައިދިން: ޑރ.ޚަލީލް

ޖެނުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In