ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު އަދިވެސް އެންމެ ފާހަގަ ކޮށްލެވެނީ ކާމިޔާބު ބޮލީވުޑް އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު މަރުވެގެން ދިޔަ ޚަބަރެވެ.މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު އަމިއްލަ އަށް މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން ނިންމައި، އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފިލްމަށް ދީފައިވާ ނަމަކީ ”ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް“ އެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ކުރިން ޒީ ނެޓްވޯކްގައި މަސައްކަތްކުރި ޝަމިކް މޯލިކެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި މި ފިލްމުން ބޮލީވުޑްގެ އަނދިރި ފަރާތް ދައްކުވައި ދޭނެ ކަމަށެވެ.
ސުޝާންތުގެ ކުއްލ މަރާ އެކު ސުޝާންތުގެ ސަޕޯޓަރުން ދަނީ މީސް މީޑޔާގައި ނުރުހުން ފާޅު ކުރަމުން ނެވެ. އަދި ބޮލީވުޑްގެ ބައެއް ބާރުހުރި ފަންނާނުންނާ ދެކޮޅަށް ސުޝާންތުނިސްބަތްވާ ބިހާރު ސްޓޭޓްގެ ޕަޓްނާގައި ސަޕޯޓަރިން ދަނީ އަޑު ގަދަ ކޮށް މުޒާހަރާ ކުރަމުންނެވެ. ސުޝާންތު ޑިޕްރެޝަންގެ ތެރެއަށް ގޮސް، އެހީވާނެ ބަޔަކު ނެތި އަމިއްލަ އަށް ފުރާނަ ދުއްވައިލަން ޖެހުމުގެ ޒިންމާ ބޮލީވުޑް އިން ނަގަން ޖެހޭނެ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސުޝާންތު ނަފްސާނީ ބަލީގެ ޝިކާރައަކަށްވީ ބޮލީވުޑްގައި އޭނާއާއިމެދު މިފަދަ ތަފާތުކުރުން ތަކާއި ބޭއިންސާފުން ޢަމަލު ކުރުމުންނެވެ.
އެހެންކަމުން އޭނާގެ މަރުގެ ދައުވާ މިހާރު ވަނީ ކަރަން ޖޯހަރާއި، ސަލްމާން ޚާން، ސަންޖޭ ލީލާ ބަންސާލީ އަދި އެކްތާ ކަޕޫރުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް އުފުލާފައެވެ.