އަބީޝޭކް ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރުގެ ފިލްމެއް ކަމުގައިވާ ”ހެޕީ ނިއު އިޔާ ގެ ޝޫޓިން ކުރި ދުވަސްވަރަކީ، ހަނދާނުން ނުފިލާ ފަދަ ކަންކަން ވެގެން ދިޔަ މަޖާ ދުވަސްތަކެކެވެ.
އަބީޝޭކު ވަނީ އޭނާ ބޮލީވުޑުގައި ހޭދަކުރި 20 އަހަރުދުވަހުގެ މަސައްކަތް އޭނާގެ އިންސްޓާގުރާމުގައި ރިކޯރޑްކޮށްފައެވެ. އަދި ފަރާ ޙާންގެ ފިލްމެއް ކަމަށްވާ މި ފިލްމުގެ މޭކިންއާ އަދި ފިލްމުގެ ޝޫޓިން ކުރިއަށްގެންދެނުވުއިރު ދިމާވެފައި ހުރި ކަންކަމުގެ ހަނދާންތައް އާންމުންނާ ހިއްސާކޮށްފައެވެ.
”މި ފިލްމަކީ އަހަރެންނަށް އެންމެ ކަމުދާ މީހުންގެ ބައިވެރިވުން އޮތް ފިލްމެއް، މެއި ހޫނާ މި ފިލްމު ނިމުމާއެކު ފަރާ ޙާން ވަނީ ހެޕީ ނިއު އިޔާ ފިލްމާމެދު އަހަންނާ މަޝްވަރާ ކޮށްފައި. ނަމަވެސް އޭރު މި ފިލްމު ހެދުމުގެ މަސައްކަތް ކުރިއަށް ނުދިއުމުން ކަންނޭނގެ އޭނާ އޯމް ޝާންތި އޯމް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއައީ. ޝާރޫކްޙާނާއި ފަރާ މި ފިލްމު ފަށަން ނިންމުމާއެކު އެންމެ ފުރަތަމަވެސް ސައިން އަޕް ކުރީ އަހަރެން. މިއީ އަހަރެން ކުޅުނު ފިލްމު ތަކުގެ ތެރެއިން އެންމެ މަޖާ އަދި އުފާވެރި، ފޮހެލަން ދަތި ހަނދާންތަކެއް ހޭދަކުރި ދުވަސްތަކެއް. މި ފިލްމު ކުޅުން އިރު ޝާހު އަދި ފަރާ ވެސް އެއްވެސް އެކްޓަރެއް ތަފާތު ކޮށްފައެއް ނުވޭ. އަހަރެން އެންމެންނަކީވެސް ބޮޑު އެއް ގޭންގު!“ އަބީޝޭކު ބުނެފައިވެއެވެ.

އަބީޝޭކް އިތުރަށް ބުނެފައިވަނީ އެ ފިލްމު ކުޅުންއިރު ފިލްމުގެ ހުރިހާ ތަރިންވެސް އުޅުނީ އެކުގައި އާއިލާއެއްގެ ގޮތުގައި ކަމަށެވެ. އަދި ފިލްމު ފަށައިގެން ނިމުންއިރުވެސް، ނިމޭކަންވެސް އިހުސާސު ނުވާ ކަމަށެވެ. މި ފިލްމު ކުޅުން ކޮންމެ އެކްޓަރެއްވެސް ހުރީ ފިލްމުގައި ބައިވެރިވްވުނީތީ ވަރަށް ހިތްހަމަ ޖެހި އުފާވެފައިކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
މި ފިލްމުގައި އަބީޝޭކުގެ އިތުރުން ފެނިގެންދަނީ ދިޕިކާ ޕަޑުކޮން، ސޯނޫ ސޫދް، ބޮމާން އިރާނީ، ވިވާން ޝާހް އަދި ޖެކީ ޝްރޮފްއެވެ.