މޫނުގައި ނަގާ ބިހީގެ ސަބަބުން މޫނުގައި ލާ ލަކުނުތަކަކީ އައިބުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިފަދަ ލަކުނުތައް ފިލުވާލުމަށް ބައެއް މީހުން އަގުބޮޑެތި ކެމިކަލް ޕްރޮޑަކްޓްސް ވެސް ބޭނުން ކޮށް އުޅެއެވެ. އޭގެ ސަބަބުން ހަންގަނޑަށް ލިބެނީ ވަގުތީ ރީތި ކަމެކެވެ.
މޫނުގެ ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް ގުދުރަތީ އެއްޗެސް ބޭނުން ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެގޮތުން ލަކުނު ފިލުވުމަށް ގޭގައި، ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ކުރެވިދާނެ ބައެއް ކަންތައް:
1-ކާށި ތެޔޮކާށިތެލަކީވެސް މޫނުން ނަގާފައި ހުންނަ ބިހިތަކާއިއެ ބިހިތަކުގެ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަމައެހެންމެ ގޭގައި ފަސޭހަކަމާއެކު ލިބެން ހުންނަ އެއްޗެއްވެސް މެއެވެ. ބިހި ލަކުނުތަކުގައި ކާށި ތެޔޮ ހާކާލައި ކުޑަ އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖު ކުރާށެވެ. މިކަން ކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ. ނިދަން އޮށޯތުމުގެ ކުރިން މި ޓްރީޓުމަންޓު ނަގާ ނަމަ މޫނު ދޮންނާނީ އަނެއް ދުވަހު ހެނދުނު ހޭލައިގެންނެވެ.
2-ލުނބޯލުނބޮއަކީ، މޫނުގެ ކުލަ އަލިކޮށްދީ މޫނު ތާޒާ ކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު، ލުނބޯގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ މޫނުގައި އުފެދޭ ބިހި ލަކުނު ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.އެގޮތުން، މޫނުގައި ހުންނަ ބިހި ލަކުނު ފިލުވުމަށް ލުނބޯ ދެ ގޮތަކަށް ބޭނުން ކުރެވިދާނެއެވެ.
3-އެލޯވެރާއަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނައެވެ. އެއީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް، ތާޒާ އަލޯވެރާ ޖެލް ކޮޅަކުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތަކުގައި ކުލޮކު ވައިސްކޮށް މަސާޖު ކުރާށެވެ. 15 ވަރަކަށް މިނެޓުވަންދެން އެފަދައިން މަސާޖު ކުރުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ގަޑިއެއްހާއިރު ވުމުން ފިނިފެން ފޮދަކުން މޫނު ދޮވެލާށެވެ. ބޭނުމިއްޔާ އަލޯވެރާއަށް ކުޑަ މާމުއިކޮޅެއް އެއްކޮށްލައިގެންވެސް އެފަދައިން ކަންތައް ކުރެވިދާނެއެވެ.
ކޮންމެ ދުވަހަކު މޫނުގައި މި މާސްކު އުނުގުޅައިފިނަމަ ޔަގީނުން ވެސް ތަފާތު ފެންނާނެއެވެ.