ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތަޙުޤީޤީ އިދާރާއެއް ނޫންކަމަށެވެ. އެނާ މިހެން ވިދާޅުވެފައި ވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ގޮސް ހުއްޓައި ޖިންސީ ގޯނާ ލިބުނު ކެންޏާ އަންހެން މީހާގެ ބަސް ހޯދުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
މަޖިލީހަކީ ތަޙުޤީޤީ އިދާރާއެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން ކަމަށެވެ. ”މަޖިލީހުގެ ދައުރަކަށް ވާންޖެހޭނީ ސަރުކާރާއި މުއައްސަސާތަކުން ކަންކަންކުރަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްތޯ ބަލާ ފާރަވެރިވެ އެމުއައްސަސާތައް ޖަވާބުދާރީކުރުވުން“ އުޝާމް ކުރެއްވި ޓްވީޓެއްގައިވެއެވ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުންތަށް އަޅުގަނޑު ވާނީ ފާސްކޮށްފައެވެ. އެ ހުށަހެޅުންތަކަކީ ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ބެލުމާއި، ފުލުހުންގެ ތަހުޤީޤު އެކަށީގެންވާ ގޮތެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމާއި ޕީޖީން ކުރަމުންދާ މަސައްކަތް ބެލުމެވެ. އަދި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށް މީޑިއާ ކައުންސިލާ ބްރޮޑްކާސްޓިންގ ކޮމިޝަނަށް އެންގުމުގެ އިތުރުން އެ ހާދިސާ ހިނގި ސަރަހައްދަށް ދިޔަ އޮފިސަރާއި، ސްޓޭޝަން އިންޖާރޖް ހާޒިރުކޮށް ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވުމަށް ވަނީ ފާސްކޮށްފައެވެ.