ޔުނިވާސަލް އަދި އެނިމޭޝަން ސްޓޫޑިއޯއިން ގެނެސްދޭ ފިލްމު ”މިނިއަންސް 2“ ރިލީޒްކުރު ފަސްކުރީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުންނެވެ. ކުރިން އޮތްގޮތުނަމަ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ މި ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
ކައިލް ބަލްދާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ 2015 ވަނަ އަހަރު ބެލުންތެރިންނަށް ގެނެސްދީފައިވާ ”މިނިއަންސް“ ގެ ސީކުއަލް އެކެވެ. މި ފިލްމަށް ބޮކްސް އޮފީހުން އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ފައިދާއެއް ލިބުނު އިރު އެނިމޭޓެޑް ފިލްމަކުން މިހާ ބޮޑު އާމްދަނީއެއް ހޯދި ފިލްމު ވެސް މެއެވެ.
މީ ހަމަ ގައިމުވެސް މިނިއަންސް ފިލްމުގެ ބެލުންތެރިންނަށް ލިބިގެން ދިޔަ ވަރަށް ދެރަ ޙަބަރެއް އެހެން ނޫން ތޯ؟ ކިޔުން ތެރިންނެކޭ އެއްފަދައިން އަޅުގަނޑުވެސް މިހާރު އިންތިޒާރު ކުރަމުން މި ދަނީ ދެން މި ފިލްމު ރިލީޒްކުރާނެ ދުވަހަކަށެވެ.