ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ.
ފެނަކައިން ކަރަންޓު ބިލްތަކުން 40 ޕަސެންޓް ދޭން ނިންމީ ކީއްވެކަމެއް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އެ ކުންފުނިން ޑިސްކައުންޓް ދޭން ނިންމިއިރު ޖޫން މަހުގެ ބިލުންވެސް 40 ކަނޑާލަން ސްޓެލްކޯއިންވެސް މިހާރު ވަނީ ނިންމައިފައެވެ.
ސްޓެލްކޯގެ ބިލްތަކުން ޑިސްކައުންޓް ދޭން ނިންމިއިރު މިދިޔަ މަހުގެ ބިލްތައް އާދަޔާ ހިލާފަށް ބޮޑުކަމަށްބުނެ އާންމުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ.
ނަމަވެސް ފެނަކައިގެ ކަރަންޓު ބިލްތައް މިދިޔަ މަހު ބޮޑުވިކަމަށް ސާފެއް ނުވެއެވެ.