DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ޞަދަޤާތުން ފަރުވާ ހޯދާނީ ކިހިނެއް

ޝަހާމާ އަބްދު ރަހީމް ލިޔުނީ: ޝަހާމާ އަބްދު ރަހީމް
ޖުލައި 5, 2020
ދީން
0
ޞަދަޤާތުން ފަރުވާ ހޯދާނީ ކިހިނެއް

ޞަދަޤާތަކީ ހަމައެކަނި މުދަލާއި ފައިސާއިން ދޭ އެއްޗެއް ނޫނެވެ. މުދަލާއި ފައިސާއިން ޞަދަޤާތް ދިނުމުގެ ކުޅަދާނަކަން ލިބިފައި ނެތް މީހަކަށް އެހެނިހެން ގޮތްގޮތުން ޞަދަޤާތް ދެވިދާނެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައިވަނީ، ހިނިތުންވެލުން ވެސް ޞަދަޤާތެއް ކަމުގައި ލައްވާފަ އެވެ

ADVERTISEMENT

ޞަދަފާތުން ފަރުވާ ކުރުމޭ ބުނުމުން އެއީ ކޮބައިކަން ނޭނގުމަކީ އާންމު ކަމަކެވެ. ސަބަބަކީ މި ކަމަކީ އަހަރުމެން މުސްލިމުންގެ ސަމާލުކަން މާބޮޑަށް ލިބިފައިވާ ކަމަކަށް ނުވާތީއެވެ.

އައްތައުބާ ސޫރަތުގެ 103 ވަނަ އާޔަތުން އެނގޭ ގޮތުގައި ޞަދަޤާތް ދިނުމަކީ، އެކަންކުރާ ބަޔަކު ޠާހިރުވެ އުޖާލާވާ ކަމެކެވެ. ބަލިބައްޔާއި އޭގެ އަސަރުތައް މީސްތަކުންގެ ހަށިތަކުން ފިލުވައިލުމަށްޓަކައި ޞަދަޤާތް ދިނުމަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އިރުޝާދު ދެއްވާފައި ވެ އެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްކުރައްވާފައި ވެ އެވެ.

(دَاوُوا مَرْضَاكُمْ بِالصَّدَقَةِ) 

މާނައީ، ”ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާހުށިކަމެވެ“.

ޞަދަޤާތްދިނުމުން ބަލިފަސޭހަވާގޮތް ޝަރަޙަކުރެއްވުމަށް މިޒަމާނުގައި މަސައްކަތް ކުރައްވާފައިވާ އެއް ބާހިސަކީ އަލްމުހަންދިސް ޢަބްދުއްދާއިމެވެ. އޭނާއަކީ ކީރިތި ޤުރްއާނާއި ސައިންސްގެ ދިރާސާތައް ކުރައްވާ އިންޖިނޭރެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޞަދަޤާތުން ފަރުވާ ލިބުން ބިނާވެފައިވަނީ، އެކަންކުރުމުން ލިބޭ މަޢުލޫމާތުގެ މައްޗަށެވެ. މަޢުލޫމާތުން ފަރުވާދިނުމަކީ، ކުރިއަރާފައިވާ ޤައުމުތަކުގައި ކުރާ ކަމެކެވެ. އަދި އެއީ ތަރުބިއްޔަތުގެ މައިދާނުގައި ވެސް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަލިމީހަކަށް މަޢުލޫމާތުގެ ފަރުވާދޭއިރު ހަދާގޮތުގެ މިސާލެއް ޢަބްދުއްދާއިމް ބަޔާންކުރައްވާފައިވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި، ބަލިމީހާއަށް އަރާމު ލިބޭނެހެން ރަނގަޅަށް އޮށޯންނަން ޖެހެ އެވެ. ދެން އޭނާގެ ސިކުނޑިއަށް މަޢުލޫމާތެއް ފޯރުކޮށްދޭނެ ޢިބާރާތެއް، ތަކުރާރުކޮށް އޭނާ ކިޔަން ޖެހެއެވެ. އެފަދަ ޢިބާރާތެއްގެ މިސާލަކީ ”އަހަރެން މިބަލި މަތަކުރަން ޖެހޭނެ. މި ބަލީގެ މައްޗަށް ގަދަވެގަތުމުގެ ކުޅަދާނަކަން އަހަންނަށް ލިބިފައިވޭ.“ މިއެވެ. މިފަދަ ޢިބާރާތްތަކުން ފަރުވާކުރަން އެންމެ ކަމުދާ ވަގުތަކީ ނިދުމުގެ ކުރިއެވެ. ނިދުމުގެ ކުރިން ދުޢާކުރުމަށް އިރުޝާދު ދެއްވައި، އެފަދަ ދުޢާތައް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ބަޔާންކުރައްވާފައިވާކަން މިތަނުގައި ފާހަގަކޮށްލަން ޖެހެ އެވެ.

ނިދުމުގެ ކުރިން މަޢުލޫމާތުގެ ފަރުވާ ދެވިފައިވާ މީހުންގެ ބަލި ފަސޭހަވުމުގައި އެ ފަރުވާ ބައިވެރިވެ އެވެ. އެކަން އެނގެނީ ނިދިން ހޭލާއިރު އެމީހުންގެ ބަލި ފަސޭހަވެފައިވާ މިންވަރާއި، އަދި އެމީހުންގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމަށް އަލަށް ލިބިފައިވާ ބާރުންނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި،މިކަން މިހެން މިވަނީ ބަލިމީހާ ދުލުންކިޔާ ކޮންމެ ޢިބާރާތަކީ، އޭނާގެ ސިކުނޑިއަށް އެއިން އަސަރުކުރާނެ މަޢުލޫމާތެއްކަމުގައި ވާތީއެވެ. ސިކުނޑީގެ ދިރުތައް މަސައްކަތްކުރަނީ އެއަށް ދެވޭ މަޢުލޫމާތުގެ އަލީގަ އެވެ. ހަށިގަނޑުގެ ހުރިހައި ދިރުތަކަކީ، ގުޅި ލާމެހިފައިވާ ވިއުގައެއް ކަމަށްވާތީ، ސިކުނޑީގެ ދިރުތަކަށް ދެވޭ މަޢުލޫމާތު، ހަށިގަނޑުގެ އެހެން ދިރުތަކަށް ވާސިލުވެ އެވެ. މަޢުލޫމާތުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ހެޔޮބަދަލު އަންނަނީ މިކަން މިހެން ހިނގާތީ އެވެ.

މަޢުލޫމާތުން ފަރުވާކުރައްވާ މާހިރުން، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އާ އެއްބަސްވެ ވަޑައިގަނެއެވެ. އެބޭފުޅުން ވެސް ވިދާޅުވަނީ، ފަޤީރުންނަށް ޞަދަޤާތް ދޭންޖެހޭނެ ކަމަށެވެ. ބަލި ފަސޭހަކުރުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެހެނީ، އެކަމުގެ ސަބަބުން އިންސާނާގެ ނަފުސަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދެ އެވެ. އެއްޗަކަށް ބޭނުންވެފައިވާ ފަޤީރަކަށް، އޭނާގެ ބޭނުން ފުއްދައިދިނުމުން، އެ ހެޔޮކަން ކުރި މީހާގެ ހިތުގައި އުފެދޭ ޝުޢޫރަކީ އޭނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ނުހަނު ބޭނުންތެރި ޝުޢޫރެކެވެ.

ނޯޓް: މި އާޓިކަލްއަށް މަޢުލޫމާތު ނަގާފައިވަނީ ފަންވަތުގައި 2010 ވަނަ އަހަރު ލިޔެފައިވާ ލިޔުމަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މިއީ ދަރިންގެ ޝަޚުސިއްޔަތު ބައްޓަންކުރުމަށް ކުރެވިދާނެ ވަރަށް މުހިންމުކަމެއް: ޝައިޚް ޒާހިރު

މިއީ ދަރިންގެ ޝަޚުސިއްޔަތު ބައްޓަންކުރުމަށް ކުރެވިދާނެ ވަރަށް މުހިންމުކަމެއް: ޝައިޚް ޒާހިރު

ޖެނުއަރީ 19, 2021
ހުކުރު ޚުތުބާ: ސުވަރުގެ ވަށާލެވިފައިވަނީ ހިތްނޭދޭ ކަންތައްކުން- ރަސޫލާ(ޞޢޥ)

ހުކުރު ޚުތުބާ: ސުވަރުގެ ވަށާލެވިފައިވަނީ ހިތްނޭދޭ ކަންތައްކުން- ރަސޫލާ(ޞޢޥ)

ޖެނުއަރީ 15, 2021
ހުކުރު ޚުތުބާ: އެދުރުންނަށް ޚާއްސަ މެސެޖެއް

ހުކުރު ޚުތުބާ: އެދުރުންނަށް ޚާއްސަ މެސެޖެއް

ޖެނުއަރީ 8, 2021
ޙަރާމް ގޮތުގައި ހޯދާ މުދާ ކައިގެން ހަށިގަނޑުގައި ޖަހައިފައި ހުންނަ މަހަށް އައުލާކަންބޮޑީ ނަރަކަ: ޚުޠުބާ

ޙަރާމް ގޮތުގައި ހޯދާ މުދާ ކައިގެން ހަށިގަނޑުގައި ޖަހައިފައި ހުންނަ މަހަށް އައުލާކަންބޮޑީ ނަރަކަ: ޚުޠުބާ

ޑިސެމްބަރ 25, 2020

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • ރައީސް މައުމޫން މިރޭ ކުރެއްވި ސުވާލަކާއެކު އެތަކެއް ޖަވާބުތަކެއް!

    0 shares
    Share 0 Tweet 0
  • ހައްވައްތަގެ ހާލަތާމެދު ޑރ.މުޢިއްޒު ހިތާމަކުރައްވައިފި، ތިޔަ ދެއްވީ ކޮންފަދަ ބޮޑު އަނިޔާއެއްތޯ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In