މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ވެލިދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުން ނެރުނު ނޫސްބަޔާނުގައި ފާހަގަ ކުރަށްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެހި ފިރެހެނެކެވެ.
މިއާއެކު އޭނާ ހައްޔަރުކޮށްފައި ވަނީ މާލެ އިން ފުރައިގެން ވެލިދޫ އަށް ދަތުރުކުރަމުން ދާ ބޯޓަކުން ވެލިދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅޭ ކަމަށޤ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
އެ އޮޕަރޭޝަނުގައި. އޭނާ ވެލިދޫ ބަނދަރު ސަރަހައްދުން ހުއްޓުވާ އޭނާގެ އަތުގައި ހުރި ފޮށި ގަނޑުތައް ބަލާ ފާސް ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއްފެނިފައި ވާކަން މި ނޫސްބަޔާމުގައި ބަޔާންކޮށްފައިވެއެވެ.
އަދި މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާކަމާއި، މި މައްސަލަ ވެލިދޫ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަން މި ބަޔާނުގައި ފާހަގަ ކުރަށްވާފައި ވެއެވެ.