ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކޮއްފިއެވެ.
އެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އެހޮސްޕިޓަލުން މައުލޫމާތު ދިންގޮތުގައި އެ ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ޕީސީއާރު ޓެސްޓިންގެ ލެބޯޓަރީ ތަމްރީނު ފުރިހަމަ ކުރުމަށް ތިން ހަފްތާގެ ޕްރޮގުރާމެއް ވަނީ ފުރިހަމަ ކޮށްފައި އެވެ.

ޕީސީއާރު ލެބް ހެދުމުގެ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ފަންޑް ކޮށްފައިވާއިރު ޑަބްލިއުއެޗްއޯއިން މި މަސައްކަތް ހަވާލު ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންް މައުލޫމާތު ދިނެވެ.