މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު، ފްލެޓްތައް ލިބޭ ފަރާތްތައް ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީިއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހިޔާ މަޝްރޫއިން ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް 21،000 ފޯމް މިހާތަނަށް ވެރިފައިކޮށްފައިވާ އިރު އަދި 3،340 އެޕްލިކޭޝަން ވެރިފައިނުކުރެވިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވަކި މުއްދަތެއްގައި ހިޔާ ފްލެޓްތައް ނިންމަން މިސަރުކާރުން ވަކި ތާރީޚެއް ދޭން ނިންމާފައި ނެތް ކަމަށެވެ.“މުށި ޖަހާފައި ފިނިޝިން ނިންމާފައި ފްލެޓްތައް ހަވާލު ކުރަން މިސަރުކާރުން ކުރިން ވިސްނުމެއް ގެންގުޅުނު. ނަމަވެސް ފަހުން ސަރުކާރުން ނިންމާފައި ވަނީ ކުރިން ވެސް ނިންމާފައި އޮތް ގޮތައް އެކަންކަން ނުކޮށް ފްލެޓްތައް ހަވާލު ކުރަން. އެމަސައްކަތުގެ އިތުރަށް ދެން ކުރަން ހުރި ކަންކަން ކޮށް ނިމެނޭ ތާރީޚް އަށް މަސް ދުވަހަކީ.“ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކުގައި މިހާރު ނުކިރެވި ހުރީ ކޮން މަސައްކަތްތަކެއް ކަމެއް މިނިސްޓަރު އަސްލަމް ވިދާޅުވެ ދެއްވާފައެއް ނުވެއެވެ. ކޮވިޑް އާއި ގުޅިގެން 4 މަސް ދުވަސް ޖެއްލިގެން ގޮއްސި ކަމަށް ވެސް މިނިސްޓަރ ވިދާޅު ވިއެވެ.