ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤަޔޫމް ގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ނަމުގައި އިޢުލާންކުރި އެއް ކޮޓަރީގެ ފްލެޓުތައް އިމާރަތްކޮށްފައި ނުވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެ އިތުރުފުޅު ހައްދަވައިފިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނުސް ވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ކެޓަގަރީތަކަކަށް ބަހާލައިގެން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓުތައް ދޫކުރަން ކުރީ ސަރުކާރުން ޔާމީން ނިންމާފައިވިޔަސް ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައި ވަނީ ހަމައެކަނި ދެ ކޮޓަރީގެ ފްލެޓުތައް ކަމަށް މިނިސްޓަރ ވިދާޅުވީ“އެއް ކޮޓަރީގެ އެއްވެސް ތަނެއް ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ނެތް ކަން އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުން“ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް އެހެން ވިދާޅުވި އިރު ހިޔާ މަޝްރޫއުގެ ސޯޝަލް ހައުސިންގައި ދޫކުރާ އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސްޓެލްކޯ އަދި އެމްޕީއެލްގެ ތަންތަން ހިމެނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯ އިން ތަރައްޤީ ކުރާ އެއް ކޮޓަރީގެ 144 ފްލެޓުތަކުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
ހުޅުމާލޭގައި 10،000 މީހުންގެ އާބާދީއަށް އަމާޒުކޮށްގެން ރައީސް ޔާމީންގެ ސަރުކާރުގައި ފެށި މި ބިޔަ ބޮޑު މަޝްރޫއުގައި އެއް ކޮޓަރީގެ ބައެއް ތަންތަން އަޅަންފަށާފައި ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިދާރާތަކާ ގުޅިގެން 2017 ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަކަ، ސްޓެލްކޯ، އެމްޕީއެލް އާއި އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސް ވެސް ހިމެނެއެވެ.
މީގެ ތެރެއިން ބައެއް ފްލެޓްތަކުގެ މަސައްކަތް ކޯވީޑް-19ގެ ސަބަބުން ވަނީ ވަނީ ހުއްޓިފައެވެ.