ޕީޕީ އެމް އާއި ޕީއެންސީގެ އިސް ލީޑަރޝިޕް މިއަދު ޕީޖީ ޝަމީމް އާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް ހިއްސާ ކޮށްފިއެވެ.
އަބްދުއް ރަހީމް އަބްދު ﷲ ވިދާޅުވީ އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ރައީސް ޔާމީން އަށް ސަރުކާރު އިސްވެ ހުރެ ކުރަމުންދާ އަނިޔާތައް ކަމަށެވެ. މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓު ލިޔުނު މީހުންނާއި މެދު މިހާތަނަށް ފިޔަވަޅެއް ނޭޅި، އެކަމުގެ ތަހުގީގު ކުރިއަށް ދާ ގޮތެއް ވެސް ނޭގޭތީ ކަމަށެވެ.
އަދި ފަހަކަށް ޖިންސީ ގޯނާ ކުރިމުގެ ކޭސްތައް އިތުރުވެ އެމައްސަލަ ތަކަށް ހައްލެ ނުލިބި އޮތުން ވެސް އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ގޮތުގައި އެބޭފުޅާ ވިދާޅުވިއެވެ.
ޕީޖީ އަށް ގާނޫނުގެ ތެރެއިން ލިބިދޭ އިޙްތިޔާރުގެ ބޭނުން ކުރައްވާ މި ކަންކަމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދެއްވުމަށް އެބޭފުޅުން ޕީޖީ އަރިހުގައި ވަނީ ދަންނަވާފައެވެ.
ޕީޖީ އޮފީހަށް މައްސަލަ އެއް ވަދެ ތިން ދުވަހައް ވުރެ އިތުރެއް ނުވާނެ ކަށާއި އެއްވެސް މައްސަލަ އަކަށް އެއްވެސް ފަރާތެއްގެ އޯޑަރ ނެތް ކަމަށް ޝަމީމް ވިދާޅުވެފައި ވާތީ، އެއީ ވަރަށް ބޮޑު ހިތް ހަމަ ޖެހުމެއް ކަމަށާއި އެކަމަށް ޝުކުރުވެރި ވާކަމަށް ވެސް އަބްދުއް ރަހީމް އަބްދު ﷲ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިސަން އިން ވަނީ މިއަދު ހަވީރު 4 ޖަހާއިރު ރައީސް އަބްދުއްﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓް ތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ހުޅުމާލޭގައި ނޫސްވެރިންގެ ބައްދަލު ވުމެއް ބާއްވަން ނިންމާފައެވެ.