ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީ އަށް ހާޒިރުވެ، ކުރީ ސަރުކާރުގެ ވެރިކަމުގައި އަޅާފައިވާ ހުޅުމާލެ ދެވަނަ ފިޔަވަީހީގެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް އެދިއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފެށި ހިޔާގެ މަޝްރޫއުގެ 7000 ފްލެޓުގެ އަދަދު 6720 އަށް ވަނީ މަދު ކޮށްފައެވެ. މި މަސައްކަތް ކުރަން 434 މިލިއަން ޑޮލަފުގެ ލޯނެއް ވަނީ ހަރަދު ކޮށްފައެވެ.
މިކަމާއި ގުޅިގެން މުއިއްޒު ވިދާޅުވަނީ މިމަހުގެ 16 ވަނަ ދުވަހު 11 ޖަހާއިރަށް ކޮމެޓީ އަށް ހާޒިރުވާން އަންގައިފައިވާ ކަމަށާއި އެމަނިކުފާނު ހުންނެވީ ދާން ތައްޔާރަށް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް މުއިއްޒު ވަނީ ނޫމަޑި މައްސަލާގައި މަޖިލީހަށް ހާޒިރު ކޮށްފައެވެ.