ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ފުރަބަންދުގައި ޕާޓީކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމު ވެއްޖެއެވެ.
މި ވީޑިއޯގައި ފެންނަނީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތޮއްޔިބު ޝަހީމް ކޭކެއް ފަޅާ މަންޒަރެވެ. އަދި އެތަނުގައި އެ މިނިސްޓްރީގެ އެހެން މުވައްޒަފުންތަކެއް ތިބި ތަންވެސް ފެނިގެން ދެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ގޮތުގައި މި ޕާޓީ ބާއްވައިފައިވަނީ މާގިރި ހޮޓަލުގައި މާލެ ފުރަބަންދުގެ ތެރޭގައި އޮއްވައެވެ.