ކޯވިޑް19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުމުގެ ސަބަބުން ދުބާއީގެ ޤައިމީ އެއާރލައިން އެމިރޭޓްސްއިން 9000 ވަޒީފާ މަދުކުރުމަށް ނިންމައިއެވެ.
އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ހަމަކުރެއްވި ގޮތުގައި އެއަރލައިންގެ 15 އިންސައްތަ މުވައްޒަފުން ނުވަތަ 9،000 މުވައްޒަފުން ވަކިކުރަން ނިންމާފައި ވާކަން ހަމަކުރިއެވެ. މީގެ ކުރިން ވެސް ބައެއް މުވައްޒަފުން މަދުކޮށްފައިވާކަމަށާއި މިއީ މުވައްޒަފުން މަދުކުރުމަށް ނިންމާ އެކަން އިޢުލާންކުރި ފުރަތަމަ ފަހަރުކަމަށް އޭނާ ހަމަކުރެއްވިއެވެ.
އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ހަމަކުރާ ގޮތުގައި ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓި އެއަރލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި 1 މިލިއަން މީހުންގެ ވަޒީފާ ގެއްލިގެން ދާނެކަމަށް އަޔާޓާއިން ލަފާކުރެއެވެ.