ކ.އަތޮޅުން ފަށައިގެން އައްޑޫ ސިޓީ ގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް ލަފާކުރެވޭ ކަމަށާއި މިހާރު އެކަމާއި ގުޅިގެން ރީނދޫ އެލާރޓް ނެރިފައިވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.
އުދަ އަރާނެކަމަށްލަފާ ކުރެވޭ ގަޑިތަކަކީ 15:0 އާއި 19:30ދޭތެރޭގައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ. މޫސުމާއި ބެހޭ އިދާރާއިން ކަނޑައާޅާފައިވާ އިރުޝާދުތަކަށް ސަމާލުވެ ދަތުރުފަތުރު ކުރުމުގައި ރައްޔިތުން ސަމާލުކަން ދޭންޖެހެއެވެ. މި މިމަހުގައި ވެސް ވަނީ ބޯޓެއް ބަންޑުން ޖެހިގެން އޭގެއިން ދަތުރުކުރި މީހުން ކަނޑަށްވެއްޓި ނުރައްކާތެރި ހާދިސާ އެއް ހިނގާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ ސަލާމަތްވި ކަމުގައި ވީނަމަވެސް މިފަދަ ކަންކަމަކީ ސަމާލުވެލައްވަންޖެހޭ ކަންތައްތަކެވެ.