ހއ. ކެލާގެ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ކެލާގެ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެ ރަށު ފަޅުން 3496 ކިއުބިކް މީޓަރު އަދި ނެރުން 12،768 ކިއުބިކް މީޓަރު ފުންކޮށްފައިވެއެވެ. އަދި 30 މީޓަރުގެ ބޭރު ތޮއްޓެއްލައި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހާފައިވެއެވެ.އޭގެ އިތުރުން، ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ފޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއު ގެ ދަށުން ހިންގާފައިވެއެވެ.
މި މަޝްރޫއަށް 17.4 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ހަރަދު ކޮށްފައެވެ.
މި މިޝްރޫ ހިންގަން އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވަނީ މި ދިޔަ އަހަރުގެ ޖޫން މަހުއެވެ. އަދި މި މަޝްރޫގެ މަސައްކަތް ނިންމަން ވަނީ 410 ދުވަސް ދީފައެވެ.