މިއަދު ރާއްޖެއިން 30 މީހަކު ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ.
މިއަދު ރަގަނޅުވި 30 މީހުންނާއެކު ރާއްޖެއިން ކޮވިޑް 19އިން ރަގަނޅުވި މީހުންގެ އަދަދު މިވަނީ 2268އަށް އަރާފައެވެ. މިހާރު ކޮވިޑަށް ރާއްޖެއިން ފަރުވާ ހޯދަމުން ދަނީ 368 މީހުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު ރާއްޖޭގެ ކަރަންޓީވް ފެސިލިޓީތަކުގައި 97 މީހަކު ތިބިއިރު އައިސޮލޭޝަންގައި މިހާރު ތިބީ 330 މީހުންކަމަށެވެ.
މިހާތަނަށް ރާއްޖޭގައި މިބަލި ޖެހިގެން 13 މީހަކު ވަނީ މަރުވެފައެވެ.