ބޮލީވްޑްގެ އެކްޓަރު އަބީޝޭކް ބަޗަން އާއި އަމީތާބް ބައްޗަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އަބީޝޭކް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ އާއި ބައްޕަ އަމީތާބު ބަޗަން ކޮވިޑް އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. ދެމީހުން ވެސް މިހާރު އޮތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ކަމަށް ވެސް އަބީޝޭކްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
އަމީތާބަކީ އުމުރުން 77 އަހަރުގެ މީހަކަށް ވުމުން ކޮވިޑް-19 ޖެހި ފުރާނައަށް ނުރައްކާ ވެދާނެ ކެޓަގަރީގައި ހިމެނެއެވެ. އިންޑިއާގެ މީޑިއާ ތަކުން ވަނީ އަމީތާބު ނޭވާލާން ދަތި ތަކަކާއި ކުރިމަތިވާ ކަމަށް ބުނެ ރިޕޯޓު ވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން އައިޝްވާރިއާ ބައްޗަން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އަބީޝޭކް އާއި އަމީތާބް އަށް އަވަސް ޝިފާ އަކަށް އެދޭ ވާހަކަ ވެސް އައިޝްވާރިއާ ވަނީ ބުނެފައި ވެއެވެ.
ބައްޗަން އާއިލާގެ ސަޕޯޓަރުން ދަނީ އަމީތާބް އާއި ދަރިފުޅު އަބީޝޭކް ކޮވިޑް އަށް ފައްސި ވުމުން އެކަމާ ހިތާމަ ކޮށް އަވަސް ޝިފާ އެއް ލިބުމަށް އެދި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.