އެހެން ކުދިންނެކޭ އެއްފަދައިން އަހަރެންނަކީ ވެސް ދިރިއުޅުމުގައި ވަރަށް ބައިވަރު ހުވަފެން ތަކެއް ދެކެމުން އައި ކުއްޖެކެވެ. ކިޔެވުމަކީ އަހަރެން އެންމެ ކުރާ ހިތުން ކުރާ އެއްކަމެކެވެ.
އަހަންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އަހަރެންގެ އުމުރުން 4 އަހަރުގައި ބައްޕަ ދޯންޏެއްގެ ދަށުވެ ވަނީ ޕެރެލައިސް ވެފައެވެ. ބައްޕަގެ ވަޒީފާ ހުއްޓުމަކަށް އައީ އެވެ. މަންމަ ފަހަތަކަށް ނުޖެހުނެވެ. އަވަށްޓެރި ހަައްވަތަ އާއި ހައްވަތަ ފިރިމީހާ އަކީ ރަށު އޮފީހުގައި މަސައްކަތް ކުރާ ދެމީހުންނަށް ވާތީ އެދެމަފިރިންގެ ދަރިފުޅުގެ ކަންތައް އަހަރެންގެ މަންމަ އާއި ހަވާލު ކުރިއެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އަހަރެން އަށް ކުދިން ކުރަމުން ދިޔައީ މަލާމާތާއި ފުރައްސާރަ އެވެ. މަންމަ ކައިރި ވާހަކަ އެއް ބުނާނެ ހިތް ވަރެއް އަހަރެންގެ ނެތެވެ. ނަމަވެސް އަހަރެން މަންމަ ކުރާ މަސައްކަތްދެކެ ފޫހިވެ އަހަރެންގެ ހިތުގައި ނަފްރަތު އުފެދެން ފެށިއެވެ.
އޭރު އަހަރެންގެ އުމުރުން އެންމެ 12 އަހަރެވެ. މަންމަ ވަމުންދާ ޤުރުބާނީ އަކީ ކޮންއެއްޗެއް ކަމެއް އަހަރެން އަކަށް ނުވިސް ނުނެވެ. އަހަރެން އަށް ވިސްނެން ފެށީ މަންމަ އަހަރެން ލަދު ގަންނަވާ ކަމެވެ. އެއްޗެއް ވިސްނޭ ވަރަށް ވުރެން އަހަރެންގެ ސިކުނޑި ކުޑައެވެ. މީހުންގެ މަލާމާތަށް ކެތްނުވާން ފެށުމުން މަންމަ ކުރި މަތީ އަޑު ވީއްލާ އެއްޗެހި ބުނެވެން ފެށުނެވެ. އެ މަންމަ އެތައް ރެއަކު އަހަރެންގެ ދުލުން ބޭރުވާ ބަދު ބަސްތަކަށް ރޮމުން ކެތް ކުރަމުން ދިޔައެވެ.
އަހަރެންގެ އުމުރުން 13 އަހަރުގައި ބައްޕަ ވަކި ވެއްޖެއެވެ. މަންމަގެ މަސައްކަތް އިތުރު ކުރުމަށް ތފާތު އެކި މަސައްކަތް ކުރަން ފެށިއެވެ. އަހަރެންގެ ޅަ ސިކުނޑި އަހަންނަށް ވިސްނަދެމުން އައީ މުޅިން ތަފާތު ގޮތަކަށެވެ. މަންމަ ދިމާ ކިޔޭ އެއްޗެހިވީ ގިނަ އެވެ. އެ މަންމަ އެތައް ފަހަރަކު އަހަރެން އަށް ވިސްނަދޭން މަސައްކަތް ކުރިއެވެ.
10 ގެ އަހަރެވެ. އާދައިގެ މަތިން އަހަރެން ސުކޫލުން ގެއަށް އައިރު އަހަރެންގެ ގެކައިރީގައި ރަށު އެތަށް ބަޔަކު އެއްވެފައި ހުއްޓެވެ. އެތެރެއަށް ފިޔަވަޅެއް އެޅި ތަނާ މަންމަ ކަފުނުގައި އޮތް ތަން ފެނުނެވެ. އަހަރެންގެ ފައިތިލަ ދަށުން ބިންގަނޑު ދަމާގަތް ފަދައެވެ. މީހުން ބުނަނީ ތެދެކެވެ. އެއްޗެއްގެ އަގު ވަަޒަން ކުރެވޭނީ އެއެއްޗެއް ބީވެގެން ދިޔާމައެވެ.
މިއަދު އަހަރެންނަށް އެ މަންމަ ވަމުން ދިޔަ ޤުރުބާނީ ގަބޫލު ކުރެވުނެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. މިއަދު އަހަރެންގެ ކަމެއް ކޮށްދޭނެ ހަމައެކަކުވެސް ނެތެވެ. ވަށައިގެން ގޭގެ ހަތަރު ފާރު ފިޔަވައި އެއްޗެއް ނެތެވެ. އެއީ ހާދަ އޯގާތެރި މަންމައެކެވެ. އެތައް ރެއަކު ނުނިދާ ހޭލާ ހުރެ އެ މަންމަގެ ހައި ކަން ނުފިލުވާ ހުރެ އަހަރެންއަށް ކާން ދެވޭތޯ ބަލައެވެ. އެ މަންމަ ރީތި ހެދުމެއް ނުލާ ހުންނަނީ އަހަރެން ރީތި ހެދުމެއްގައި ބަހައްޓަން ކަން އަހަރެން އަށް އިހްސާސް ނުކުރެވުނީ ކީއްވެ ބާއެވެ؟ މަންމަގެ ފަހު ވަގުތުގައި ވެސް އެ މަންމަ ދިމާ ލޯބިން ގޮވާ ނުލެވުނެވެ. އެ މަންމަ ވެސް އެހެން މައިންނެކޭ އެއްފަދައިން އަހަރެންއާ ދޭތެރޭ ފޮނި އުއްމީދު ތަކެއް ކުރާނެ ކަން ޔަގީނެވެ.
އަހަރެން އަމަލުތަކާއި މެދު މިއަދު އަހަރެން ދެރަވެ ލަދު ގަނެއެވެ. ދިރި އުޅުމުގެ އިމްތިހާނުން އަހަރެން މިވަނީ ފެއިލް ވެފައެވެ. މަންމާ އެވެ!. އަހަރެންނަށް މައާފު ކޮށްދޭށެވެ.