މިއަދު ރާއްޖެއިން 67 މީހަކު ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. އޭގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. ޕޮސިޓިވް ވި މީހުންގެ ތެރޭގައި އިތުރަށް ހިމެނެނީ ބަންގްލަދޭޝް14 މީހަކާއި އިންޑިއާގެ މީހެކެވެ.
މިއަދު ފައްސިވި 67 މީހުންނާއެކު ރާއްޖެއިން ކޮވިޑް 19އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިވަނީ 2731އަށް އަރާފައެވެ. މިހާރު ކޮވިޑަށް ރާއްޖެއިން ފަރުވާ ހޯދަމުން ދަނީ 419 މީހުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު ރާއްޖޭގެ ކަރަންޓީވް ފެސިލިޓީތަކުގައި 71 މީހަކު ތިބިއިރު އައިސޮލޭޝަންގައި މިހާރު ތިބީ 353 މީހުންކަމަށެވެ.
މިހާތަނަށް ރާއްޖޭގައި މިބަލި ޖެހިގެން 13 މީހަކު ވަނީ މަރުވެފައެވެ.