ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއް ކޯޑަންކޮށް ބެހެއްޓި މައްސަލަ ބަލަމުން އަންނަކަމަށާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް އެންއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ވިލިމާލެއިން ފެނުނު ބިދޭސީ މީހާއަކީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ހޯދަމުން އައިސްފައިވާ މީހެއްކަމަށާއި އަދި އޭނާގެ މަޢުލޫމާތު އެޗްޕީއޭއަށް ލިބުމުން އޭނާ ހުރިތަނަށް ކަމާބެހޭ ޞިއްޙީ ފަރާތްތަކުގެ ޓީމެއް ދިއުމުގައި ލަސްތަކެއް ވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.
”އަޅުގަނޑުމެންވެސް ހަމަ ޤަބޫލުކުރަން އެއީ އެއްވެސް ގޮތެއްގައި އެއްވެސް މީހަކު ދިވެއްސެއްވިޔަސް ބޭރު މީހެއްވިޔަސް ބަލި މީހެއްވިޔަސް ބަލި ނޫން މީހެއްވިޔަސް އެގޮތަށް ޢާންމުކޮށް އެހެން ކޯޑަންކޮށްފަ ބެހެއްޓުމަކީ ވެގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން މިހާރު މިކަން ވީގޮތް ބަލާފަ ކުރިއަށް އޮތްތަނުގައި މިހެން ނުވާނެގޮތަށް ޑިލޭއެއް މީހަކު ގެންދިއުމުގަ އަޔަސް މީހަކު ވަގުތީގތުންވެސް އައިސޮލޭޓްކޮށްފައި ބެހެއްޓޭނެ ތަންތަންވެސް ހުރިހާތާކު ބެއްހެއްޓުމަށާއި، މިކަމާގުޅޭ ހުރިހާ އިދާރާތަކުންވެސް އަޅުގަނޑުމެންނައެކު އެއްގޮތަކަށް މަސައްކަތްކުރެވޭގޮތަށް އަޅުގަނޑުމެން މިހާރު އަންޑަސްޓޭންޑިންއަކަށް އައިސް މިގޮތަށް ކަންތައްތަށް ވަނީ ނިންމިފައި.“ ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައި ވަނީ ރޭ އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވީޑް-19އަށް ޕޮޒިޓިވްވި ބިދޭސީއެއް ވިލިމާލޭގައި ކޯޑަންކޮށްފައިވާ ތަނެއްގައި ގިނަ އިރުތަކެއް ވަންދެން ގޮނޑިއެއްގައި ބައިންދާފައިން އިން މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ވަނީ އޭނާގެ ފޮޓޯތަކެއް ދައުރުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއޭއަށް އަމާޒުވެފައެވެ.