DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
No Result
View All Result
DhiDaily
No Result
View All Result

ސްޓިކަރއަށްވުރެ އާންމުން ވަޒަންކޮށް ފަރުދީ ޒިންމާ ނަގަންޖެހޭނީ – ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު

ޝަހާމާ އަބްދު ރަހީމް ލިޔުނީ: ޝަހާމާ އަބްދު ރަހީމް
ޖުލައި 15, 2020
ޚަބަރު
0
މާލޭ ލޯކަލް މާރުކޭޓް ނުހުޅުވި ލަސްވަނީ އެޗްޕީއޭގެ މިންގަނޑުތަކަށް ނުފެތޭތީ – ސިޓީ ކައުންސިލް

އެޗްޕީއޭގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރާ އެއްހާހެއްހާ ތަން ފާހަގަކުރެވިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ADVERTISEMENT

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ތަންތަން ފާހަގަ ކުރެވިފައިވަނީ ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ބޮޑު އިންސްޕެކްޝަންގައި ކަމަށެވެ.މި އިންސްޕެކްޝަން ކުރިއަށް ގެންގިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މިކަމުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، މި އިންސްޕެކްޝަންގައި ބަލާފައިވަނީ، މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތި ވިއްކާ ތަންތަނާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި ޖިމްތަކާއި، ސެލޫންތަކާއި މާރުކޭޓްތައްކަމަށެވެ.މި އިންސްޕެކްޝަނަކީ އެޗްޕީއޭއާއި އެމްއެފްޑީއޭއާއި އިކޮނޮމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއާރްސީ އަދި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު ވިދާޅުވީ ސްޓިކަރ ދީފައިވާނީ އެބޭފުޅުންނަށް ފާހަގަވި ބައެއް ކަންކަމަށް ބަލާއިރު އެންމެ ރަނގަޅު އަދި މީޑިއަމް ލެވެލްއަށް ކަމަށެވެ.

ފިހާރަތަކުގައި ތިބޭ މީހުންނަށް ކޯވިޑާއި ގުޅޭ މަޢުލޫމާތު އެންމެ ރަނގަޅަށް ނޭނގޭކަންވެސް މި އިންސްޕެކްޝަނުން ފާހަގަ ވެގެންދިޔަ ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ. އަދި ތަންތަން މިންކޮށް ސްޓިކަރ ދިންކަމުގައި ވީނަމަވެސް، އާންމުން މިފަދަ ތަންތަނަށްގޮސް ހަރަކާތްތެރިވުމުގައި ސަމާލުވާންޖެހޭކަމަށާއި އެގޮތުން ފަރުދީ ޒިންމާ އިސްކުރަންޖެހޭނެކަމުގައި ޝަމާޢުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

”އަޅުގަނޑު ދޫކޮއްލާނީ މިކަން ފަރުދީ ޒިންމާއަށް. އާންމުނަށްވެސް ތަންތަން ބަލާލީމަ އިނގޭނެ ހާލަތު. ސްޓިކަރ އެބަދެން. އެކަމަކު ސްޓިކަރއަށްވުރެ އާންމުން ވަޒަންކޮށް ފަރުދީ ޒިންމާ ނަގަންޖެހޭނީ. ފިހާރައަކަށް ވަނަސް ނުވަތަ އެހެންތަނަކަށް ދިޔަނަމަވެސް“ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު ވިދާޅުވިއެވެ.

ޝަމާޢު އިތުރަށް ވިދާޅުވީ މި އިންސްޕެކްޝަންގައި ތަންތަން ހިންގުމަށް ނަގަންޖެހޭ ހުއްދަ ނަގާފައި އޮތްތޯ ބެލުމާއި، އެޗްޕީއޭގެ ޤަވާޢިދުތަކަށް ޚިދުމަތުގެ ފެންވަރު ދެވޭތޯ ބަލާފައިވާނެކަމަށާއި އެގޮތުން މި އިންސްޕެކްޝަންގައި މިހާތަނަށް މާލެ ހުޅުމާލެ ވިލިމާލެ އަދި ތިލަފުށީގެ 1475 ތަނެއް ބަލާފައިވާއިރު މިތަންތަނުގެ ހާލަތު މިންކުރެވިފައިވާކަމަށެވެ.

ހަމައެއާއިއެކު 44 އިންސްޕެކްޓަރުން ހަރަކާތްތެރިވި މި އިންސްޕެކްޝަންގައި އެޗްޕީއޭގެ ގަވައިދުތަކަށް ފުރިހަމައަށް ތަބާވެފައިވާ އެއްހާހެއްހަތަން ފާހަގަކުރެވުފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ފަރު މަސްވެރިކަމަށް އެންމެ ރަނގަޅުވާނީ ކޮން ރެއެއްތޯ ރ.މައުމޫނާއި ސުވާލު ކުރައްވައިފި

މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ޢާންމުންގެ ސިއްހަތަށްވުރެ އެހެންކަމަކަށް އިސްކަންދީގެން ނުވާނެ – ރ.މައުމޫން

ޖެނުއަރީ 28, 2021
މާއުނގޫދޫގައި ފާނަބަސަނދު ފެތުރުން އިތުރުވަމުން އަންނާތީ ސަމާލުވުމަށް އެދިއްޖެ

މާއުނގޫދޫގައި ފާނަބަސަނދު ފެތުރުން އިތުރުވަމުން އަންނާތީ ސަމާލުވުމަށް އެދިއްޖެ

ޖެނުއަރީ 27, 2021
ގޫގުލް މެޕްސްއިން އައްޑޫގައި ހިންދޫ ދީނުގެ ފައްޅިއެއް ފެންނަ މައްސަލަ ފެންމަތިވެއްޖެ

ގޫގުލް މެޕްސްއިން އައްޑޫގައި ހިންދޫ ދީނުގެ ފައްޅިއެއް ފެންނަ މައްސަލަ ފެންމަތިވެއްޖެ

ޖެނުއަރީ 27, 2021
މެންބަރު ޝިޔާމް ވެސް ހައްޔަރުކޮށްފި

މެންބަރު ޝިޔާމް ވެސް ހައްޔަރުކޮށްފި

ޖެނުއަރީ 27, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    ސިޔާސީ ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

    0 shares
    Share 0 Tweet 0
  • މައްކާގެ ޙަރަމްފުޅުގައި ކޮތަރެއް ސަޖިދަޖަހަނީ

    0 shares
    Share 0 Tweet 0
  • “ހޭއަރުވާލާނަން، ދޫކޮށްލާނީ ދަރިއަކު ދީފަ“

    0 shares
    Share 0 Tweet 0
  • ބައިވެރިޔަކު އިޚްތިޔާރުކުރުމަކީ ”ޕާރސަނަލް“ ކަމެއް: ޒިޔާގެ އާޝިޤާ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In