މިއަދު މެންްދުރު ފަހުގެ ވަގުތެއްގައި ބިދޭސީންތަކެއް މާލޭގެ ދެ ސަރަހައްދަކަށް އެއްވެ މުޒާހަރާ ކުރަން އުޅުމުން ފުލުހުން ހުއްޓުވައިފިއެވެ.
މިއަދު ބިދޭސީން އެއްވެފައި ވަނީ ހީނާމާގެ ޕާކިންގ ޒޯން ސަރަހައްދަަށާއި، ލޮނު ޒިޔާރަތް މަގާއި ދިމާލު އިންނަ އިހުސާން ފިހާރަ ގޯޅި ތެރޭގައެވެ.
މާލޭގެ ދެ ސަރަހައްދަކަށް ބިދޭސީންތަކެއް އެއްވެ މުޒާހަރާ ކުރިއަށް ގެންދަން އުޅުނީ ކޮން ސަބަބަކާއި ހެދިކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް ޕޮލިހުން ވަނީ މި ދެ އެއްވުން ވެސް ހުއްޓުވައިފައެވެ.
މީގެ ކުރިން ވެސް ބިދޭސީން ތަކެއް ވަނީ މުސާރަ ނުދޭ މައްސަލައިގައި މުޒާހަރާ ކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި އެންމެ ފަހުން ބޭއްވި މުޒާހަރާގައި ފުލުހުންނަށަށާއި،ފުލުހުންގެ ވެހިކަލްތަަކަށް ގެއްލުންވީ ހަމަނުޖެހުން ހިންގާފައި ވެއެވެ.އަދި މި ހަމަނުޖެހުންތަކާއި ގުޅިގެން 41 ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ.
މީގެ އިތުރުން ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދިން މައްސަލައެއްގައި އެރަށުގައި ދިވެހިންތަކެއް ރަހީނުކޮށް، އެ ރަށުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައި ވެއެވެ.