މިއަދު ރާއްޖެއިން 30 މީހަކު ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. އޭގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި އިތުރަށް ހިމެނެނީ ބަންގްލަދޭޝް އެއްމެ މީހެކެވެ.
މިއަދު ފައްސިވި 30 މީހުންނާއެކު ރާއްޖެއިން ކޮވިޑް 19އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިވަނީ 2831އަށް އަރާފައެވެ. މިހާރު ކޮވިޑަށް ރާއްޖެއިން ފަރުވާ ހޯދަމުން ދަނީ 482 މީހުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހާރު ރާއްޖޭގެ ކަރަންޓީވް ފެސިލިޓީތަކުގައި 32 މީހަކު ތިބިއިރު އައިސޮލޭޝަންގައި މިހާރު ތިބީ 423 މީހުންކަމަށެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވީ 14 މީހެކެއެވެ.